ހުޅުމާލެ ދެވަނަ ފިޔަވަހިން ވިއްކަން އިއުލާނުކުރި 60 ބިމުގެ ތެރެއިން ބީޗް ސައިޑް ނުވަތަ އަތިރިމައްޗާ ކައިރިން ވިއްކާ 34 ބިމަށް 179 ފަރާތަކުން ބިޑް ކޮށްފިއެވެ.
ބީޗްސައިޑް 34 ބިމަށް ބިޑް ކުރުން ކުރިއަށް ގެންދިޔައީ މިއަދު ހެނދުނު 10:00 އިން މެންދުރު 12:00 އަށް ވައިލެޓްމަގުގައި ހުންނަ ހ. މީރުމާ، ދެވަނަ ފަންގިފިލާގައި ހުންނަ އިވެންޓްސް ހޯލުގައެވެ.
އެޗްޑީސީން އިއުލާނުކޮށްފައިވާ ގޮތުގައި މި ބިންތަކުގެ ބިޑް ފެށޭނީ އެއްމެ ކުޑަވެގެން އަކަފޫޓަކަށް 3،500 ރުފިޔާއިން ފެށިގެންނެވެ. މިއަދު ކުރެވުނު ބިޑްތައް ހުޅުވުން ކުރިއަށްގެންދާނީ މިއަދު 13:00 ފެށިގެން ހަމަ އެ ހޯލުގައެވެ.
އެޗްޑީސީން ވިއްކަން ނިންމާފައިވާ ބިންތަކަކީ 1603 އަކަފޫޓާއި 2،633.93 އަކަފޫޓާ ދެމެދުގެ ބޮޑުމިނުގެ ބިންތަކެވެ.
ހުޅުމާލެ ދެވަނަ ފިޔަވަހިން ވިއްކަން އިއުލާނުކުރި 60 ބިމުގެ ތެރެއިން ބީޗްފްރަންޓް 26 ބިމަށް ބިޑް ކުރުން ވަނީ މިމަހުގެ ނުވަވަނަ ދުވަހު ނިންމާލާފައެވެ. އެ ބިންތަކަށްވެސް ބޮޑު ތަރުހީބެއް ލިބިފައިވާ އިރު، 211 ފަރާތަކުން އެ ބިންތަކަށް ބީލަން ހުށަހަޅައިފައިވެއެވެ. ބީޗު ފްރޮންޓް 26 ބިމަކީ މިހާތަނަށް ހުޅުމާލެއިން ވިއްކި އެންމެ އަގުބޮޑު ގޯއްޗަށް ވާއިރު، އެ ބިންތައް ކާމިޔާބުކުރި ބީލަންތައް އެވްރެޖްކޮށް އުޅެނީ އަކަފޫޓެއް 6،000ރ. އާއި 10،000ރ. އާ ދެމެދުގަ އެވެ. އެންމެ ކުޑަ އަގަކުން ބީލަން ކާމިޔާބު ކުރި މީހާ ހުށަހެޅީ އަކަފޫޓަކަށް 6،000ރ. އެވެ.
ޚަބަރު
ޚަބަރު
ޚަބަރު
ޚަބަރު