ހދ. ކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓަލް މަރާމާތުކުރުމުގެ މަޝްރޫއުގެ މަސައްކަތުގެ 95 ޕަސެންޓް ނިމިފައިވާ ކަމަށް އެ މަޝްރޫއު ކުރިއަށް ގެންދާ އެމްޓީސީސީން ބުނެފިއެވެ.
ކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓަލުގެ މަޝްރޫއާ ބެހޭގޮތުން އެމްޓީސީސީން މިއަދު ބުނީ އެ މަޝްރޫއުގެ ދަށުން ހޮސްޕިޓަލުގެ ވޯޑް އިމާރާތުގެ މަސައްކަތުގެ 99 ޕަސެންޓާއި އައިސީޔޫ ޔުނިޓްގެ މަސައްކަތުގެ 83 ޕަސެންޓް ވެސް ނިމިފައިވާ ކަމަށެވެ.
ހެލްތު މިނިސްޓްރީން ކުޅުދުއްފުށީ ހޮސްޕިަޓަލް މަރާމާތު ކުރުމަށް އެމްޓީސީސީ އާ ހަވާލު ކޮށްފައިވަނީ 2019 ވަނަ އަހަރުއެވެ. މި މަޝްރޫއު މޮބިލައިޒް ކޮށްފައިވަނީ 2020 ވަނަ އަހަރުގެ މެއި މަހުގެ 17 ވަނަ ދުވަހުއެވެ.
މި މަޝްރޫއުގެ ދަށުން، ވޯޑް އިމާރާތް ކުރުމާއި، އޯޕީޑީ އިމާރާތް އެޅުމާއި ލެބޯޓްރީ އިމާރާތް ކުރުމުގެ މަސައްކަތް ހިމެނެއެވެ. މި މަޝްރޫއަކީ 30.3 މިލިއަން ރުފިޔާގެ މަޝްރޫއެއް ކަމަށް އެމްޓީސީސީން ބުނެއެވެ.