ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހް އާއި އަނބިކަނބަލުން ފަޒްނާ އަހްމަދު ސިންގަޕޫރަށް ކުރެއްވި ނުރަސްމީ ދަތުރުފުޅު ނިންމަވައިލައްވައި މިއަދު މާލެ ވަޑައިގެންފިއެވެ.
ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުން ނުރަސްމީ ދަތުރުފުޅެއްގައި ސިންގަޕޫރަށް ވަޑައިގެންނެވީ މިމަހުގެ 10 ވަނަ ދުވަހުގައެވެ.
ރައީސް ސޯލިހު ރާއްޖޭން ބޭރަށް ވަޑައިގެންނެވި އިރު، އެމްޑީޕީގެ މުހިންމު ޖަލްސާއެއްވެސް ބާއްވައި އެމްޑީޕީ ޗެއާޕާސަން މަގާމާއި އަންހެނުންގެ ރޫހު، ޒުވާނުންގެ ހިތްވަރުގެ ރައީސް އަދި ނައިބު ރައީސް ކަމުގެ މަގާމުގެ އިންތިހާބު އަންނަ އޭޕްރީލް މަހުގެ 16 ވަނަ ދުވަހު ބާއްވަން އެމްޑީޕީ ގައުމީ މަޖިލީހުން ވަނީ ފާސްކޮށްފައެވެ. އެ މަގާމުތަކުގެ އިންތިހާބުގެ އިތުރުން އެ ޕާޓީގެ ޕާލިމަންޓަރީ ގްރޫޕުގެ އިންތިހާބު ވެސް އެ ތާރީހުގައި ބާއްވަން ވަނީ ފާސްކޮށްފައެވެ.
ރައީސްގެ ދެކަނބަލުން ދާދިފަހުން ވަނީ ނުރަސްމީ ދަތުރުފުޅެއްގައި ސްރީ ލަންކާއަށްވެސް ވަޑައިގެންފަ އެވެ.
ޚަބަރު
ޚަބަރު
ޚަބަރު