މަސްތުވާތަކެތީގެ މައްސަލައެއްގައި ސްރީ ލަންކާގައި ދިވެއްސަކު އުމުރަށް ޖަލަށް ލާން މިއަދު ހުކުމްކޮށްފިއެވެ.
ލަންކާގެ ކޮލަމްބޯގެ ހައިކޯޓުން އުމުރަށް ޖަލަށް ލާން ހުކުމްކޮށްފައި ވަނީ އޭޕްރިލް 22، 2016ގެ ދަންވަރު ކޮލަމްބޯގެ ބަމްބަލަޕިޓިޔާ ޑިސްޓްރިކްޓުގެ ހޮޓަލެއްގެ ތެރެއިން މަސްތުވާތަކެތީގެ ބާވަތެއް ކަމަށްވާ ހެރޮއިންއާއެކު އަތުލައިގަތް ދިވެހި ދެ ފިރިހެނުންގެ ތެރެއިން އެކަކެވެ. އޭނާ އުމުރަށް ޖަލަށްލާން ހުކުމް ކުރީ 265 ގުރާމްސް ހެރޮއިން ގެންގުޅުމުގެ ކުށުގެ ދައުވާގައެވެ.
ނަމަވެސް މި މައްސަލާގައި ދެން ހައްޔަރުކުރި މީހާ ދައުވާއިން ސަލާމަތްވެފައިވާ ކަމަށް ލަންކާގެ ނޫހަކުން ވަނީ ބުނެފައެވެ.
ލަންކާގެ ފުލުހުންނާ ހަވާލާދީ އެގައުމުގެ މީޑިއާތަކުން ކުރިން ރިޕޯޓުކޮށްފައިވާ ގޮތުގައި މި މައްސަލައިގައި ހައްޔަރުކުރި ދެ މީހުންގެ އަތުން 1.2 ކިލޯގެ ހެރޮއިން ފެނިފައިވެއެވެ. އަދިި އެމީހުންނަކީ ޕާކިސްތާނާއި ރާއްޖެ އަދި ލަންކާގައި ފުޅާދާއިރާއެއްގައި މަސްތުވާތަކެތީގެ ވިޔަފާރިކުރާ ނެޓްވޯކަކަށް ނިސްބަތްވާ ބައެެއް ކަމަށް ބުނެފައިވެއެވެ.
ޚަބަރު
ޚަބަރު
ޚަބަރު