ހުޅުމާލެ ދެވަނަ ފިޔަވަހިން ވިއްކަން އިއުލާނުކުރި 60 ބިމުގެ ތެރެއިން ބީޗް ފްރަންޓް ބިންތަކަށް ބިޑުކުރުން ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ)އިން މިއަދު ކުރިއަށް ގެންގޮސްފިއެވެ.
ބީޗް ފްރޮންޓް 26 ބިމަކީ މިހާތަނަށް ހުޅުމާލެއިން ވިއްކާ އެންމެ އަގުބޮޑު ގޯއްޗަށް ވާއިރު، ބިޑް ފެށުމަށް ހަމަޖެހިފައިވާ އަގަކީ އަކަފޫޓަކަށް 3،900 ރުފިޔާއެވެ. މިއަދު ކުރިއަށްދިޔަ ބިޑް އިވެންޓުގައި އެ ބިންތަކަށް 211 ބިޑެއް ވަނީ ހުށަހަޅައިފައެވެ.
އެޗްޑީސީން ދެވަނަ ފިޔަވަހިން ވިއްކަން އިއުލާނުކުރީ 1،603 އަކަފޫޓާއި 2،633.93 އަކަފޫޓާ ދެމެދުގެ 60 ބިމެކެވެ. އޭގެ ތެރޭގައި ހިމެނެނީ ބީޗް ފްރަންޓް ނުވަތަ އަތިރިމައްޗަށް ވާގޮތަށް 26 ބިމަކާއި، ބީޗް ސައިޑް ނުވަތަ އަތިރިމައްޗާ ކައިރިން 34 ބިމެކެވެ.
މިދިޔަ ޑިސެމްބަރު 27 ވަނަ ދުވަހު ހުޅުމާލެ ދެވަނަ ފިޔަވަހިން ވިއްކަން އިއުލާނު ކުުރި ބީޗް ފްރަންޓް 26 ބިމަށް ބީލަން ހުށަހެޅުން ކުރިއަށް ގެންދިޔައީ މިއަދު ހެނދުނު 9:00 އިން މެންދުރު 12:00 އަށް ވައިލެޓްމަގުގައި ހުންނަ ހ. މީރުމާ، ފަސްވަނަ ފަންގިފިލާގައި ހުންނަ އިވެންޓްސް ހޯލުގައެވެ. މިއަދު ހުށަހެޅި މި ބީލަން ފޯމުތައް ހުޅުވުން ކުރިއަށްދާނީ މެންދުރު ފަހު 1:00 އިން ފެށިގެން ހަމަ އެ ހޯލުގައެވެ.
މިއަދު ބީޗް ފްރޮންޓު ބިންތަކަށް ބިޑް ކުރުން ކުރިއަށްދިޔަ އިރު، ބީޗް ސައިޑް ކައިރިން ވިއްކާ 34 ބިމަށް ބިޑް ހުށަހެޅުން އޮތީ މިމަހު 16 ގައެވެ. އެ ބިންތަކަށް ބިޑް ފެށޭ އަގަކީ އަކަފޫޓަކަށް 3،500 ރުފިޔާއެވެ.
ޚަބަރު
ޚަބަރު
ޚަބަރު
ޚަބަރު