ކުރީގެ ރައީސް އަދި ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދުގެ ވެރިކަމުގައި، ނައްތާލަން ޖެހޭ ކަމަށް ގަވާއިދުގައި ބުނާ ތަކެތީގެ ގޮތުގައި 63 މީީހުން ތިބި ކަމަށް އެމަނިކުފާނު ވިދާޅުވެއްޖެއެވެ.
ރައީސް ނަޝީދު މިހެން ވިދާޅުވީ، ޕެޓް މާސްޓާ އިން ރާއްޖެ އެތެރެކުރި ގިނަ އަދަދެއްގެ ދޫނި މަރައިލި މައްސަލަ ކުށްވެރިކުރައްވައި ރައްޔިތުންގެ މަޖިލިހުގެ މިއަދުގެ ޖަލްސާގައި މެންބަރުން ވާހަކަ ދައްކަވަމުން ގެންދަވަނިކޮށް އެކަން ކުރުމަށް އަމަލު ކުރަން އޮންނަ ގަވާއިދަށް އިޝާރާތް ކުރައްވައެވެ.
އެތަކެތި މަރައިލީ ގަވާއިދުގެ ދަށުން ކަމަށް ފިޝަރީޒް މިިނިސްޓްރީން ބުނާއިރު، ރައީސް ނަޝީދު ވިދާޅުވީ އެ ގަވާއިދަކީ 2008 ވަނަ އަހަރު، ގާނޫނު އަސާސީއަށް އަމަލު ކުރަން ފެށުމުގެ ކުރިން ހަދާފައިވާ، ދުވަސްވީ ގަވާއިދެއް ކަމަށެވެ. އެ ގަވާއިދު ބުނާގޮތުން ނައްތާލަން ޖެހޭ ތަކެތީގެ ގޮތުގައި، އެމަނިކުފާނުގެ ވެރިކަމުގެ ކުރީކޮޅު ޕައިރެޓުންގެ ގޮތުގައި ރާއްޖެއަށް އެތެރެ ވެފައިވާ ކަމަށްވެސް އެމަނިކުފާނު ވިދާޅުވިއެވެ.
ނަމަވެސް ގަވާއިދުގައި އެގޮތަށް އޮތް ނަމަވެސް އެމީހުން ނައްތައި ނުލާ ކަމަށާއި، މިފަހަރު ދޫނިތައް ނައްތާލުމުގައި ސަބަބުތަކެއް ހިމެނޭނެ ކަމަށް ވެސް ވިދާޅުވިއެވެ.
"އަޅުގަނޑު ހަނދާންވާ ގޮތުގައި 2008 ވަނަ އަހަރު ސަރުކާރު ފެށުނުއިރުގައި 63 މީހުން ތިބި އެކި ގޮތްގޮތުން ރާއްޖެއަށް މަނާކޮށް، މަސައްކަތްކުރަން ގެނެވުނު މީހުނެއްވެސް ނޫން، ގަވައިދުގައި އޭރުގައިވެސް އޮތީ ނައްތާލުމަށް، މަނާ ތަކެތީގެ ގޮތުގައި، އެހެން ނަމަވެސް އެކަމެއް އެގޮތަކަށް ނުކުރެވޭ ނަމަވެސް މިފަހަރު މިގޮތަށް މިކަން ކުރުމަށް ނިންމުމުގައި ސަބަބުތަކެއްވާނެ،" މަޖިލިސް ރައީސް ވިދާޅުވިއެވެ.
އެމަނިކުފާނު ވިދާޅުވީ، ކަމާބެހޭ ގަވާއިދުގައި ބޭނުންކޮށްފައިވާ ބަހުރުވަަކީ އެހެނިހެންވެސް މަނާތަކެއްޗާ ގުޅޭގޮތުން ބޭނުކުރާ ބަހުރުވަ ކަމަށްވާ، އެތެކުރި ތަކެތި ނައްތާލުން ކަމަށެވެ. ނަމަވެސް އެތެރެ ކޮށްފައިވަނީ ފުރާނައެއް ނަމަ ނައްތާލުމާމެދު ވިސްނާލަން ޖެހޭ ކަމަށްވެސް ވިދާޅުވިއެވެ.
"އަޅުގަނޑުމެނަށް އާއްމުކޮށް ފެނޭ މަނާ ތަކެތި އެތެރެކުރީމާ ހަމަ ވަގުތުން އެތަކެތި ނައްތާލާތަން، އެހެންނަމަވެސް ދިރޭ ފުރާނައެއް އެތެރެކޮށްފައި ވަނިކޮށް އެ ފުރާނަ ނައްތާލުން އެއީ ކޮންބާވަތެއްގެ ކަމެއްތޯ، ވިސްނަައިލާނެ،"
"ޕެޓް މާސްޓާ" އިން ރާއްޖެ ގެނެއި 120 ދޫނި، ފިޝަރީޒް މިނިސްޓްރީން، ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުގެ ޕްލާންޓް އެންޑް އެނިމަލް ޔުނިޓުގައި މަރާލާފައިވާއިރު، އެ މައްސަލަ ވަނީ ވަރަށް ބޮޑުވެފައެވެ.
މައްސަލައިގައި ގިނަ ބަޔަކު ނުރުހުން ފާޅުކުރަމުން އަންނައިރު، ރައްޔިތުންގެ މަޖިލިހުގެ މިއަދުގެ ޖަލްސާގައި ސަރުކާރަށް ނިސްބަތްވާ މެންބަރުންނާއި އިދިކޮޅު މެންބަރުން ވަނީ އެކަން ވަރަށްބޮޑަށް ކުށްވެރި ކުރައްވައިއެވެ.
މަޖިލީހުގެ ރައީސް
މަޖިލީހުގެ ރައީސް
މަޖިލީހުގެ ރައީސް
މަޖިލީހުގެ ރައީސް