ރާއްޖޭގެ ފަތުރުވެރިކަމަށް 50 އަހަރު ފުރުން ފާހަގަކުރުމުގެ ގޮތުން މިނިސްޓްރީ އޮފް ޓޫރިޒަމް އާއި ޓޫރިޒަމް އިންޑަސްޓްރީ އާއި ގުޅިގެން ބާއްވާ ތަފާތު އިވެންޓްތަކުގެ ތެރެއިން މުހިންމު އިވެންޓެއް ކަމަށްވާ ޓޫރިޒަމް އަޕްބީޓް ޓޯކް ޝޯ ސިލްސިލާގެ ފުރަތަމަ ސެޝަން ފެބްރުއަރީ 17 ގައި ފަށަށް ނިންމައިފިއެވެ.

މި ސިލްސިލާ ފެށުމުގެ ގޮތުން ބާއްވާ ސެޝަންގެ ޕެނަލިސްޓުންގެ ގޮތުގައި ބައިވެރިވެވަޑައިގަންނަވާނީ ފަތުރުވެރިކަމުގެ ޕައަރނިއަރުންގެ ގޮތުގައި ފާހަގަކޮށްލެވޭ މަޓީގެ ޗެއަރމަން މުހައްމަދު އުމަރު މަނިކު، މިނިސްޓަރ އޮފް ހެލްތު އަހަމަދު ނަސީމް، މަޓީގެ ވައިސް ޗެއަރމަން ހުސެއިން އަފީފް، އަދި އިޓަލީވިލާތުގެ ޖޯޖް ކޯބިން އެވެ. މި ޓޯކް ޝޯގައި ރާއްޖޭގެ ފަތުރުވެރިކަން ފެށުނު ގޮތާއި 50 އަހަރު ތެރޭގައި ފަތުރުވެރިކަމަށް އައި ބަދަލުތަކުގެ މައްޗަށް ޕެނެލިންސްޓުން ވާހަކަދައްކަވާނެއެވެ.

ދިވެހިރާއްޖެއަށް ފުރަތަމަ ޓުއަރ ގްރޫޕެއް ޖޯޖް ކޯބިން ގެނައީ 16 ފެބްރުއަރީ 1972 ގައެވެ. ފެބްރުއަރީ 17 ވާ ބުރާސްފަތި ދުވަހު 16:00 ގައި މޯލްޑިވްސް ނެޝަނަލް ޔުނިވަރސިޓީގެ އޮޑިޓޯރިއަމްގައި ބާއްވާ ޓޯކް ޝޯ ޕްރެސެންޓްކޮށް ދެއްވާނީ މިނިސްޓަރ އޮފް ޓޫރިޒަމް ޑރ. އަބްދުﷲ މައުސޫމް އެވެ. އަދި މި ޓޯކް ޝޯ ވަގުތުން ދުރަށް ދައްކާނެއެވެ. މި ޓޯކް ޝޯ ހާއްސަ ކުރެވިފައިވަނީ ސްކޫލް އަދި ޔުނިވަސިޓީ ކުދީންނަށް ވިޔަސް އާންމުންނަށްވެސް މި ޝޯގައި ބައިވެރިވުމުގެ ފުރުސަތު ވަނީ ހުޅުވާލާފައެވެ.

މި ޓޯކް ޝޯގައި ބައިވެރިވުމަށް އޮޑިޓޯރިއަމްއަށް ވަދެގެން އެފަރާތްތަކުން ލިންކެއް މެދުވެރިކޮށް ރަޖިސްޓްރީ ކުރަން ޖެހޭ ކަމަށާއި ރަޖިސްޓްރީ ކުރާ ތަރުތީބަށް ބަލައިގެން އޮޑިޓޯރިއަމްގައި ޖާގަ އޮތް މިންވަރަކުން އޮޑިޓޯރިއަމްއަށް ވަނުމުގެ ފުރުސަތު ދެވޭނެއެވެ.