ރައްޔިތުންގެ މަޖިލީހުގެ ކޮމަންޑޫ ދާއިރާއަށް އަލަށް އިންތިހާބުވެވަޑައިގެންނެވި މެންބަރު މުހައްމަދު ރާޝިދު ރައްޔިތުންގެ މަޖިލީހުގެ މެންބަރުކަމުގެ ހުވާ ކުރައްވައިފިއެވެ.
މެންބަރު ރާޝިދު ހުވާ ކުރައްވާފައި ވަނީ، މިއަދު ހެނދުނު 8:30 މަޖިލީހުގައި ބޭއްވި ހާއްސަ ރަސްމިއްޔާތެއްގައެވެ.
ހުވައި ކުރެއްވީ، ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދުގެ ކުރިފުޅުމަތީގައެވެ. މެންބަރު ރާޝީދަށް ހުވައި ލައްވައިދެއްވީ ސުޕްރީމް ކޯޓުގެ ފަނޑިޔާރު ހުސްނުއް ސުއޫދެވެ.
ޕީޕީއެމްގެ ކެންޑިޑޭޓް މޫސާ ފަތުހީ އާއި އެމްއެންޕީގެ ކެންޑިޑޭޓް އަބްދުލްހަންނާނު އިދުރީސްއާ ވާދަ ކުރައްވައި ކޮމަންޑޫ ދާއިރާގެ އިންތިހާބު ރާޝިދު ކާމިޔާބު ކުރެއްވީ 1401 ވޯޓު ހޯއްދަވައިގެނެވެ.
މިދިޔަ ހޮނިހިރު ދުވަހު ބޭއްވި ބައި އިލެކްޝަންގައި އޭނާއަށް ލބިވަޑައިގެންފައިވަނީ ވޯޓުދިން މީހުންގެ ތެރެއިން 48.5 ޕަސެންޓު މީހުންގެ ވޯޓެވެ.
ޕީޕީއެމްގެ ކެންޑިޑޭޓް ފަތުހީއަށް ލިބިވަޑައިގަތީ 1161 ވޯޓެވެ. އެއީ ވޯޓު ދިން މީހުންގެ 40 ޕަސެންޓު ވޯޓެވެ. އެމްއެންޕީގެ ހަންނާނަށް ލިބިވަޑައިގަތީ 323 ވޯޓެވެ. އެއީ ވޯޓުދިން މީހުން ތެރެއިން 11 ޕަސެންޓެވެ.
ރައްޔިތުންގެ މަޖިލިސް
ރައްޔިތުންގެ މަޖިލިސް
ރައްޔިތުންގެ މަޖިލިސް