މިދިޔަ މަހު ރާއްޖެއަށް 130،000 އަށް ވުރެ ގިނަ ފަތުރުވެރިން ޒިޔާރަތްކޮށްފައިވާ ކަމަށް ޓޫރިޒަމް މިނިސްޓްރީން ބުނެފިއެވެ.
ޓޫރިޒަމް މިނިސްޓްރީން މިއަދު އާންމުކުރި ތަފާސްހިސާބުގައިވާ ގޮތުން މިދިޔަ މަހު ރާއްޖެއަށް ޒިތާރަތްކޮށްފައިވަނީ 131،764 ފަތުރުވެރިންނެވެ. އެއީ މިދިޔަ އަހަރުގެ ޖެނުއަރީ މަހާ އަޅައި ބަލާއިރު 30 ޕަސަންޓުގެ އިތުރުވުމެކެވެ.
ޖެނުއަރީ މަހު އެވަރެޖުކޮށް ކޮންމެ ދުވަހަކު 4،250 ފަތުރުވެރިން އައިސްފައިވެއެވެ. އެމަހު ރާއްޖެ އައި ގިނަ ފަތުރުވެރިން ވަނީ ހަތް ދުވަހާއި އަށް ދުވަހުގެ މުއްދަތެއް ރާއްޖޭގައި މަޑުކޮށްފައެވެ.
މިދިޔަ އަހަރު ރާއްޖެ އައި ފަތުރުވެރިން މަޑުކޮށްފައިވަނީ ދެ ދުވަހަށާއި ހަތް ދުވަހުގެ މުއްދަތަކަށެވެ. އަދި 2019 ވަނަ އަހަރު ރާއްޖެ އައި ފަތުރުވެރިން މަޑުކޮށްފައިވަނީ ތިން ދުވަހާއި ހަ ދުވަހުގެ މުއްދަތަކަށެވެ.
ކޮވިޑްގެ ކުރިން ރާއްޖެއަށް އެންމެ ގިނައިން ފަތުރުވެރިން އައިސްފައިވަނީ ޗައިނާއިންނެވެ. ޗައިނާއިން ރާއްޖެއަށް އަންނަ ފަތުރުވެރިންގެ އަދަދު މިހާރު މަދުވެފައިވާއިރު އެންމެ ގިނަ ފަތުރުވެރިން އައި ލިސްޓުގައި ވެސް ޗައިނާގެ ނަން ނުހިމެނެއެވެ.
ކޮވިޑްގެ ސަބަބުން ރާއްޖޭގެ ބޯޑަރު ބަންދުކުރުމަށްފަހު އަލުން ހުޅުވާލުމުން އެންމެ ގިނައިން ފަތުރުވެރިން އައިސްފައިވަނީ އިންޑިއާއިންނެވެ. މިހާރު އިންޑިއާއަކީ ރާއްޖެއަށް ތިން ވަނައަށް އެންމެ ގިނައިން ފަތުރުވެރިން އަންނަ ގައުމެވެ.
- ރަޝިއާ: 24،464
- ޔޫކޭ: 14،274
- އިންޑިއާ: 11،438
- ޖަރުމަނު: 10،655
- އިޓަލީ: 10،545
މިދިޔަ އަހަރު ރާއްޖެއަށް ވަނީ 1.3 މިލިއަން ފަތުރުވެރިން ޒިޔާރަތްކޮށްފައެވެ. ޓޫރިޒަމް މިނިސްޓްރީގެ އަމާޒަކީ މި އަހަރު ރާއްޖެއަށް ދެ މިލިއަން ފަތުރުވެރިން ގެނައުމެވެ.
މި އަހަރުގެ ބަޖެޓުގައި ވަނީ ރާއްޖެއަށް 1.6 ފަތުރުވެރިން ޒިޔާރަތްކުރާނެ ކަމަށް ލަފާކޮށްފައެވެ.
ޚަބަރު
ޚަބަރު
ޚަބަރު