ސްޕެނިޝް ކޮޕާ ޑެލް ރޭގެ ކުއާޓާ ފައިނަލްގައި ރޭ ކުޅުނު މެޗުގެ ފަހު ވަގުތުގައި ގޯލު ޖަހައި، އެތުލެޓިކޯ ބިލްބާއޯއިން ރެއާލް މެޑްރިޑް ކަޓުވާލައިފިއެވެ.

ރޭ ބިލްބާއޯގެ ދަނޑުގައި ކުޅުނު މެޗު އެޓީމުން ކާމިޔާބުކުރީ 1-0 ގެ ނަތީޖާއަކުންނެވެ. މެޗުގެ ހަމައެކަނި ގޯލު، 89 ވަނަ މިނެޓުގައި ކާމިޔާބު ކޮށްދިނީ ބަދަލު ކުޅުންތެރިއެއްގެ ގޮތުގައި މެޗަށް ނުކުތް ބެރެންގުއޭ ރެމިރޯއެވެ.

ބިލްބާއޯއިން މި ސީޒަންގެ ކޮޕާ ޑެލްރޭގެ ގަދަ 16 ގައި ބާސެލޯނާވެސް ކަޓުވާލައިފައިވާ އިރު، އެޓީމު ވެފައި ވަނީ ކޮޕާ ޑެލްރޭގެ އެއް ސީޒަނެއްގައި ބާސާއާއި ރެއާލް ކަޓުވާލި ދެވަނަ ޓީމަކަށެވެ. މީގެ ކުރިން އެކަން ކޮށްފައިވާ ހަމައެކަނި ޓީމަކީ ރެއާލް ޒަރަގޯޒާއެވެ.

ރޭގެ ބައްޔާއެކު ކާލޯ އެންސެލޯޓީގެ ރެއާލް މެޑްރިޑުން ޑޮމެސްޓިކް ދެ ތަށި އެއް ސީޒަނެއްގައި ހޯދުމަށް ކުރަމުން އައި އުންމީދު ވަނީ ގެއްލިފައެވެ. މިވަގުތު ލީގު ތާވަލުގެ އެއްވަނައިގައި ރެއާލް އޮތް އިރު، އެޓީމު އޮތީ ދެވަނައިގައި އޮތް ސެވިއްޔާއާ ހަތަރު ޕޮއިންޓުގެ ފަރަގެއްގައެވެ.

އެތުލެޓިކޯ ބިލްބާއޯގެ އިތުރުން މިއަހަރު ކޮޕާ ޑެލްރޭ ސެމީ ފައިނަލް ދެން ދިޔައީ ވެލެންސިއާގެ އިތުރުން ރެއާލް ބެޓިސްއާއި ރަޔޯ ވަލެކާނޯއެވެ.