މީގެ ކުރީ އަހަރުތަކުގައި އިއްވި ރިޔާސީ ބަޔާނުގައިވާ ކަންކަން ހާސިލުވީ ކިހާވަރަކަށްތޯ ސުވާލު ކުރައްވައި އިދިކޮޅު ކޯލިޝަންގައި ހިމެނިވަޑައިގަންނަވާ ޕީޕީއެމްގެ ނައިބު ރައީސް އަދި ނައިފަރު ދާއިރާގެ ރައްޔިތުން މަޖިލިސް މެމްބަރު ރައީސް އިބްރާހީމް މުހައްމަދު ސޯލިހު މިއަދު އިއްވެވި ރިޔާސީ ބަޔާނަށް ރައްދު ދެއްވައިފިއެވެ.

ރައީސްގެ ރިޔާސީ ބަޔާނަށް ރައްދު ދެއްވައި ޝިޔާމް ވިދާޅުވީ، ރީތި ގޮތަކަށް ރިޔާސީ ބަޔާން ލިޔެ އިއްވުމުން އެމްޑީޕީގެ މެންބަރުންނަށް ކޮނޑުހުޅު ދާވަރަށް އަތްވެސް ޖެހިދާނެ ކަމަށެވެ.

ޝިޔާމް ވަނީ މީގެ ކުރީ އަހަރުތަކުގައި އިއްވި ރިޔާސީ ބަޔާނުގައިވާ ކަންކަން ފުއްދުނީ ކިހާވަރެއްތޯ ސުވާލު ކުރައްވައި، ގައުމުގެ ދަރަނި 100 ބިލިއަން ރުފިޔާއަށްވުރެ މަތީގައި ހުރިކަން ފާހަގަ ކުރައްވައިފައެވެ. އަދި ވިދާޅުވީ ފާއިތުވި ތިން އަހަރުތެރޭގައި އެކަނިވެސް 48 ބިލިއަން ރުފިޔާގެ ދަރަނި މި ސަރުކާރުން އުފައްދާފައިވާ ކަމަށެވެ.

"ރީތި ގޮތަކަށް ލިޔެ ބަޔާނެއް އިއްވިދާނެ. ކޮނޑުހުޅު ދާ ވަރަށް ޕާޓީގެ މެންބަރުންނަށް އަތްވެސް ޖެހިދާނެ. މީގެ ކުރީން އިއްވި ބަޔާންތަކުގައި ކުރައްވަން ވިދާޅުވި ކަންކަން ހާސިލުވީ ކިހާވަރަކަށްތޯ. ގައުމުގެ ދަރަނި 100 ބިލިއަން ކަޑައްތު ކޮށްފި. ތިން އަހަރުތެރޭ އެކަނި 48 ބިލިއަން ދަރަނި އުފައްދައިފި" ޝިޔާމް ވިދާޅުވިއެވެ.

ރައީސް ރިޔާސީ ބަޔާން އިއްވަމުންދިޔައިރު އެމްޑީޕީގެ މަޖިލިސް މެންބަރުން ދިޔައީ އަތް ޖައްސަވަމުންނެވެ. ރިޔާސީ ބަޔާނުގައި ރައީސް ސޯލިހު ވަނީ މިއަހަރު ކުރަން ރާވާފައިވާ ކަންކަންމުގެ މައުލޫމާތު ހިއްސާކުރައްވައިފައެވެ.

އެގޮތުން ތައުލީމީ ދާއިރާގެ ހުރިހާ މުވައްޒަފުންގެ މުސާރަ ބޮޑު ކުރަން ނިންމައި މާލެ ރައްޔިތުންނަށް 5،000 ގޯތި ދެއްވަން ނިންމެވިކަން ރައީސް ސޯލިހު ވަނީ އިއުލާންކުރައްވައިފައެވެ ނުކުޅެދުންތެރިކަން ހުންނަ މީހުންގެ އިނާޔަތް ބޮޑު ކުރެއްވުމަށް ނިންމެވިކަންވެސް ރައީސް ވަނީ އިއުލާންކުރައްވައިފައެވެ. އަދި ސްޓޫޑެންޓް ލޯނަށް ހޯމަ ދުވަހު ހުޅުވާލަން ނިންމެވިކަން ވެސް ވަނީ އިއުލާނުކޮށްފައެވެ.

ރިޔާސީ ބަޔާން އިއްވެވުމަށް ބޭއްވެވި ޖަލްސާ އިދިކޮޅު ޕީޕީއެމް/ޕީއެންސީ ކޯލިޝަނުން ވަނީ ބޮއިކޮޓުކޮށްފައެވެ.

މަޖިލީހުގެ ގަވައިދުގެ 32 ވަނަ މާއްދާގެ (ށ) ބުނާ ގޮތުން ރިޔާސީ ބަޔާން އިއްވުމުން އެވަގުތު މަޖިލީހުގައި ހިމެނޭ ޕާޓީތަކުގެ ތެރެއިން ރައީސުލްޖުމްހޫރިއްޔާާ ނިސްބަތްވާ ޕާޓީ ފިޔަވައި ދެން އެންމެ ގިނަ މެންބަރުން ތިބި ޕާޓީތަކުގެ ފަރާތުން ރިޔާސީ ބަޔާނަށް ދޭނެ ޖަވާބެއް ތައްޔާރުކޮށް އެ ޖަވާބު މަޖިލީހުގެ ޖަލްސާއެއްގައި ރިޔާސީ ބަޔާނަށް ދޭ ޖަވާބުގެ ގޮތުގައި އިއްވަން ޖެހެ އެވެ. އަދި އެ ޖަލްސާ ވެގެން ދާނީ ވެސް ރިޔާސީ ބަޔާން އިއްވާ ޖަލްސާ ގޮތަށް ހާއްސަ ކަވަރޭޖް ދެވޭ އަދި ޖަވާބު ދޭއިރު އެހެން ޕާޓީތަކުގެ ހިޔާލާ މަޝްވަރާ އޮންނަން ގޮތަށެވެ. އިދިކޮޅު ޕީޕީއެމް/ޕީއެންސީ މަސައްކަތްކުރަނީ ކޯލިޝަނެއްގެ ގޮތުގައިކަން މަޖިލީހަށް އަންގާފައިވުމުން ރިޔާސީ ބަޔާނަށް ރައްދު ޖަވާބު ދެއްވާނީ އެ ކޯލިޝަނުންނެވެ.

ރިޔާސީ ބަޔާނަށް ޖަވާބު ދިނުމަށް ނިންމާފައިވޭތޯ ބެލުމަށް ޕީޕީއެމްގެ ނައިބު ރައީސް ގައްސާން މައުމޫން އަށާއި ޝިޔާމަށް ގުޅުމުން ފޯނަށް ޖަވާބު ދީފައެއްނުވެއެވެ.