މާލޭ ސިޓީ ކައުންސިލުގެ މޭޔަރު ޑރ. މުހައްމަދު މުއިއްޒަށް މަރުގެ އިންޒާރު ދިން މައްސަލަ އަދިވެސް ތަހުގީގު ކުރަމުން އަންނަ ކަމަށް ފުލުހުން ބުނެފިއެވެ.
މުއިއްޒަށް މަރުގެ އިންޒާރު ދީފައިވަނީ މިމަހުގެ 22 ވަނަ ދުވަހު، މުއިއްޒުގެ އަމިއްލަ ފޭސްބުކް ޕޭޖަށް ފޮނުވި މެސެޖަކުންނެވެ. މިލްހާނާ އިބްރާހިމްގެ ނަމުގައި ފޮނުވި މެސެޖުގައި މުއިއްޒަށް އަމާޒުކޮށް ވަނީ "ކަލޭ މަރާލާނަން" މިހެން ލިޔެފައެވެ.
އެ މައްސަލަ ސިޓީ ކައުންސިލްގެ ފަރާތުންނާއި މުއިއްޒުގެ ފަރާތުންވެސް ފުލުހަށް ވަނީ ހުށަހަޅައިފައެވެ.
އެ މައްސަލައާ ގުޅޭ ގޮތުން ސުވާލުކުރުމުން ފުލުހުންގެ މީޑިއާ އޮފިޝަލަކު "ވަން" އަށް މިއަދު ވިދާޅުވީ، އެ މައްސަލަ އަދިވެސް ތަހުގީގު ކުރަމުން އަންނަ ކަމަށެވެ. އަދި މައްސަލައާ ގުޅިގެން އަދި އެއްވެސް މީހަކު ހައްޔަރުކޮށްފައި ނުވާ ކަމަށް ވިދާޅުވިއެވެ.
ޚަބަރު
ޚަބަރު
ޚަބަރު
ޚަބަރު