ކޮވިޑް ޖެހުނު މީހުން ހަށިގަނޑަށް ހާއްސަ ސަމާލުކަމެއް ދިނުމަށް ބޮލީވުޑް ބަތަލާ ކަންގަނާ ރަނޯތު ނަސޭހަތްތެރިވެއްޖެއެވެ.
''ތަލައިވީ''ގެ ބަތަލާ ކަންގަނާއަށްވެސް ވަނީ މީގެ ކުރިން ކޮވިޑް ޖެހި އަދި މިހާރު ބަލިން ރަނގަޅުވެފައެވެ. އިންސްޓަގުރާމުގައި ކުރި ޕޯސްޓެއްގައި އޭނާ ވަނީ ކޮވިޑް ޖެހުނު އެންމެންވެސް ހަށިގަނޑަށް ހާއްސަ ސަމާލުކަމެއް ދީ ވިޓަމިން ޑީ3 އަދި ބީ12 ލެވެލް ޗެކްކޮށް ސަޕްލިމެންޓުތައް ނަގަމުން ގެންދިއުމަށް އެދިފައެވެ. އޭގެ އިތުރުންވެސް ހަށިގަނޑު ދުޅަހެޔޮކޮށް ބެހެއްޓުމަށް ކޮންމެވެސް ވަރެއްގެ ކަސްރަތެއް ކުރުމަށާއި ޔޯގާ އަދި ހިނގާލަން ދިއުން ފަދަ އާދައެއް ގެންގުޅުމަށް އޭނާ ވަނީ ނަސޭހަތްތެރިވެފައެވެ.
ކަންގަނާ ބުނީ ކޮވިޑަށްފަހު ހަށިގަނޑު ބަލިކަށިވެފައިވާ މިންވަރު ދެނެނުގަނެވިދާނެ ކަމަށާއި އެކަން އަމިއްލައަށް އިހުސާސްކުރެވެނީ މަސައްކަތުގެ މާހައުލުގައި ބުރަކޮށް އުޅެން ފެށުމުން ކަމަށެވެ. އަދި ކޮންމެ މީހަކުވެސް އެމީހެއްގެ އަމިއްލަ ސިއްހަތަށް ހާއްސަ ސަމާލުކަމެއް ދިނުމަށް އޭނާ ވަނީ އެދިފައެވެ.
ކަންގަނާގެ މަސައްކަތްތަކަށް ބަލާއިރު އޭނާ މިހާރު އަންނަނީ އިންޑަސްޓްރީއަށް އަލަށް ޕްރޮޑަކްޝަންގެ ދާއިރާއިން ނުކުތުމަށް ފިލްމު ''ޓިއްކޫ ވެޑްސް ޝޭރޫ'' އުފެއްދުމުގެ މަސައްކަތުގައިި އަވަދިނެތިއެވެ. ނަވާޒުއްދީން ސިއްދީގު ކުޅުމަށް ހަމަޖެހިފައިވާ މިފިލްމުގައި އަލަށް އިންޑަސްޓްރީއަށް އަވްނީތު ކުއަރު ނެރުމަށް ވަނީ ހަމަޖެހިފައެވެ. މި ފިލްމަކީ މަނިކަރްނިކާ ފިލްމްސްގެ ދަށުން ކަންގަނާ އުފައްދާ ފުރަތަމަ ފިލްމެވެ. މި ފިލްމުގެ އިތުރުން ކަންގަނާގެ ކުރިއަށް ރިލީސްވާން ތައްޔާރުވަމުން އަންނަ ފިލްމުތަކުގެ ތެރޭގައި ''ތެޖާސް'' އަދި ''ދާކަޅް'' ހިމެނެއެވެ.
މުނިފޫހިފިލުވުން
މުނިފޫހިފިލުވުން
މުނިފޫހިފިލުވުން
މުނިފޫހިފިލުވުން