ރާއްޖޭގައި ތިބި އުމުރުން ދުވަސްވީ މީހުންގެ ތެރޭގައި ހިމެނޭ އެކަކު އުމުރުން 106 އަހަރުގައި މިއަދު މަރުވެއްޖެއެވެ.
ފުވައްމުލަކު ދަނޑިގަމު އަވަށަށް އުފަން އަލީ ސުލައިމާން މަރުވީ ދެ އަހަރެއްހާ ދުވަހު ބަލިއެނދުގައި އޮތުމަށްފަހު މިއަދުގެ ހެނދުނުގެ ވަގުތެއްގައި މާލޭގައި އޭނާ ދިރިއުޅޭ ގޭގައެވެ. އޭނާއަކީ ފުވައްމުލަކުގައިވެސް ހުރި އެންމެ ދުވަސްވީ މީހާއެވެ.
"ވަން" އަށް އެނގިފައިވާ ގޮތުގައި އޭނާ މަރުވެގެން އައިޖީއެމްއެޗަށް ގެންގޮސް ހެދި ކޮވިޑް ޓެސްޓުން ބައްޔަށް ވަނީ ޕޮޒިޓިވްވެފައެވެ. އެއީ ކޮވިޑް މަރެއް ކަމެއް އެޗްޕީއޭއަކުން އަދި ކަށަވަރެއް ނުކޮށްދެއެވެ.
މައުލޫމާތު ލިބިފައިވާ ގޮތުގައި، އަލީ ސުލައިމާން އުފަންވީ ޖުލައި 8، 1915 ގައެވެ.
ރާއްޖޭގެ ދުވަސްވީ މީހުންގެ ތެރޭގައި ހިމެނޭ އަބްދުއްރަހްމާން މޫސާވެސް ނިޔާވީ އުމުރުން 106 އަހަރުގައި 2020 ވަނަ އަހަރުގައެވެ. މިހާރު ފަޅުރަށެއްގެ ގޮތުގައި ކަނޑައަޅާފައިވާ ހއ. ހަތިފުއްޓަށް އުފަންވި ނަމަވެސް، އޭނާ ދިރިއުޅެމުން ދިޔައީ ހަނިމާދޫގައެވެ.
ޚަބަރު
ޚަބަރު
ޚަބަރު