ފަތުރުވެރިންނަށް މޫދު ހަރަކާތްތައް ކުރިއަށްގެންދާއިރު އިތުރަށް ސަމާލުވުމަށް ޓޫރިސްޓު ރިސޯޓުތަކާއި ގެސްޓުހައުސްތަކާއި ލިވަބޯޑްތަކަށް އަންގައިފިއެވެ.
ޓޫރިޒަމް މިނިސްޓްރީން އިއްޔެ އެތަންތަނަށް ފޮނުވި ސާކިއުލާގައި ބުނީ، މި ފަަހަކަށް އައިސް ފަތުރުވެރިންނަށް މޫދުގައި ދިމާވާ ނުރައްކާތެރި ހާދިސާތައް އިތުރުވެފައިވާތީ، އެ ތަންތަނުގައި ސަލާމަތީ އާލާތްތައް ގަވައިދުގައިވާ ގޮތަށް ހަމަކުރަން އަންގާ ކަމަށެވެ.
އެ ސާކިއުލާގައި ވާ ގޮތުން ހާއްސަކޮށް ސްވިމިން ޕޫލްތަކަށް އެެރޭއިރުގައްޔާއި ސްނޯކަލިންއަށްދާއިރު ސަލާމަތީ ގޮތުން އަޅަން ޖެހޭ ފިޔަވަޅުތައް އެޅުމަށް ވަނީ ހަނދާންކޮށްދީފައެވެ.
ފަތުރުވެރިންނަށް މޫދު ހަރަކާތްތައް ކުރިއަށްގެންދާއިރު ސަމާލުވާން އަންގާފައިވާއިރު، މޫދަށް އެރި އުޅުނު ފަތުރުވެރިޔަކު މަރުވެފައި އޮއްވައި މިދިޔަ ހަފުތާގައި ވަނީ ފެނިފައެވެ. އަދި މިމަހުގެ ތެރޭގައި ޑައިވިންއަށް ދިޔަ ފަތުރުވެރިޔަކުވެސް ވަނީ މަރުވެފައި އޮއްވައި ފެނިފައެވެ.
ޚަބަރު
ޚަބަރު
ޚަބަރު
ޚަބަރު