މުއްދަތެއް އަންގަންދެން ހިޔާ ފުލެޓުތަކަށް ހިލޭ ކުނި އުކައިދިނުމުގެ ހިދުމަތް ދިނުމަށް ވޭސްޓް މެނޭޖުމަންޓް ކޯޕަރޭޝަން (ވެމްކޯ) އިން ނިންމައިފިއެވެ.

ވެމްކޯއިން މީގެ ކުރިން ވަނީ ހިޔާގައި ދިރިއުޅޭ ފަރާތްތަކުން ކުނި އުކާލުމަށް ރަޖިސްޓްރީވުމަށް ހުޅުވާލައިފައެވެ.

ވެމްކޯއިން މިއަދު ކުރި އިއުލާނެއްގައި ބުނީ، ހުޅުމާލޭ ދެވަނަ ފިޔަވަހީގައި މީހުން އާބާދުވާ މިންވަރަށް ބަލައި އެފަރާތްތަކަށް ލުއިފަސޭހަކޮށްދިނުމަށް ހިޔާ ފުލެޓުގައި ދިރިއުޅޭ ކަސްޓަމަރުންނަށް، ވަކި ގޮތެއް އަންގަންދެން ކުނީގެ ހިދުމަތަށް ބިލު ނުކުރުމަށް ނިންމާފައިވާ ކަމަށެވެ.

ވެމްކޯއިން ވަނީ ހިޔާ ސަރަހައްދުގައި އުފެދޭ ކުނި އުކައިލުމަށް ބޮޑެތި ޑަސްބިންތަކެއްވެސް ބަހައްޓައިފައެވެ.