ކޮވިޑް-19ގެ ހާލަތު ރާއްޖޭގައި އަނެއްކާވެސް ގޯސްވެ، ބައްޔަށް ޓެސްޓު ކުރާ މީހުން އިތުރުވުމާ ގުޅިގެން ކޮވިޑަށް ސާމްޕަލް ނަގާ ސެންޓަރެއް, ހުޅުމާލެ ދެވަނަ ފިޔަވަހީގެ ހިޔާ ޓަވަރު ސަރަހައްދުގައި ހުޅުވަން ނިންމައިފިއެވެ. މިއީ ދެ ވަނަ ފިޔަވަހީގައި ހުޅުވި މިފަދަ ފުރަތަމަ ސެންޓަރެވެ.
ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން މިއަދު ބުނީ, ހިޔާގެ އަށް ވަނަ ޓަވަރު ކައިރީގައި ހުޅުވާ އެ ސެންޓަރުން މިއަދުން ފެށިގެން ކޮންމެ ދުވަހަކު މެންދުރުފަހު 3:00 އިން އިރުއޮއްސި 6:30 އަށް ހިދުމަތް ލިބޭނެ ކަމަށެވެ.
މާލެއިން ބޭރަށް ދަތުރުކުރާ މީހުން ޕީސީއާރު ޓެސްޓު ހަދަން ޖެހޭ ގޮތަށް، 9 ޖެނުއަރީ 2022 ގައި ނިންމުމުން މާލެ ސަރަހައްދުގައި ހުންނަ ސާމްޕަލް ސެންޓަރުތަކަށް ބާރު ބޮޑުވެ، އެފަދަ އިތުރު ސެންޓަރުތަކެއް މިހާރު ވަނީ ގާއިމުކޮށްފައެވެ. އެގޮތުން ދާދި ފަހުން ވަނީ ހެންވޭރު ފުޓްބޯޅަ ދަނޑާއި ހުޅުމާލޭގެ ރުށްގަނޑު 1ގައިވެސް ސާމްޕަލް ސެންޓަރެއް ހުޅުވައިފައެވެ.
ހުޅުމާލެ ދެ ވަނަ ފޭސް: ކޮންމެ ދުވަހަކު މެންދުރުފަހު 3:30 އިން ހަވީރު 6:30 އަށް
ހެންވޭރު ފުޓުބޯޅަ ދަނޑު: ކޮންމެ ދުވަހަކު މެންދުރުފަހު 3:30 އިން ހަވީރު 6:30 އަށް
ސޯޝަލް ސެންޓަރު: ހޮނިހިރު - ބުރާސްފަތި (ހެނދުނު 9:00 އިން މެންދުރު 12:00 އަށް)، ހުކުރު (މެންދުރު 3:0 އިން ހަވީރު 6:00 އަށް)
ވިލިމާލެ ފްލޫ ކްލިނިކް: ކޮންމެ ދުވަހަކު ހަވީރު 4:00 އިން އިރުއޮއްސި 6:30 އަށް
ރުށްގަނޑު 1، ހުޅުމާލެ: ހޮނިހިރު - ބުރާސްފަތި (ހެނދުނު 10:00 އިން މެންދުރު 12:00 އަށް)، ހުކުރު (މެންދުރު 3:00 އިން ހަވީރު 6:00 އަށް)
ޚަބަރު
ޚަބަރު
ޚަބަރު