ރާއްޖޭގައި ހަލުވި ކަމާއެކު މިހާރު ފެތުރެމުން ދަނީ ކޮވިޑްގެ އޮމިކްރޯން ވޭރިއަންޓް ކަމަށާއި މިހާތަނަށް އެ ވޭރިއަންޓުގެ 74 ކޭސް ފެނިފައިވާ ކަމަށް އެޗްޕީއޭ އިން ބުނެފި އެވެ.
ހެލްތު މިނިސްޓްރީން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ)ގެ އެޕިޑެމޮލޮޖިސްޓް ޑރ. އިބްރާހިމް އަފްޒަލް ވިދާޅުވީ މިހާތަނަށް ފޮނުވި 1196 ކޮވިޑު ޕޮޒިޓިވް ސާމްޕަލްގެ ތެރެއިން ޖުމުލަ 74 ކޭސް އޮމިކްރޯން އަށް ޕޮޒިޓިވް ވެފައިވާ ކަމަށެވެ.
އެގޮތުން މިމަހުގެ 11 ވަނަ ދުވަހު ފޮނުވި 100 ސާމްޕަލްގެ ތެރެއިން 51 މީހުން އޮމޮކްރޯންއަށް ޕޮޒިޓިވް ކަމަށް ޑރ. އަފްޒަލް ވިދާޅުވި އެވެ.
މިހާތަނަށް އޮމިކްރޯންގެ ޕޮޒިޓިވް ކޭސްތައް ރާއްޖޭގެ ގިނަ ރަށްތަކުން ފެނިފައިވާ ކަމަށާއި އެއީ، މާލެ އާއި އައްޑޫ ސިޓީ އާއި ލ. ގަމުންނާއި، ދ. ކުޑަހުވަދޫ އާއި ލ. އިސްދޫ އާއި ލ. މުންޑޫ އާއި ހދ. ވައިކަރަދޫ އާއި ހދ. ނޮޅިވަރަމުންނާއި ފ. މަގޫދޫ އާއި ކ. މާފުށީގެ އިތުރުން ކ. ތުލުސްދޫ އިން ކަމަށް އަފްޒަލް ވިދާޅުވި އެވެ.
ރާއްޖޭގެ ކޮވިޑުގެ ހާލަތު މިހާރު ގޯސްވެފައިވާއިރު މިހާރު ފެތުރެމުންދަނީ އޮމިކްރޯން ކަމަށް ލަފާ ކުރެވޭ ކަމަށް ޑރ. އަފްޒަލް ވަނީ ވިދާޅުވެފަ އެވެ.
ރާއްޖެއިން ދުވާލެއްގެ މައްޗަށް ޕޮޒިޓިވް ވާ މީހުންގެ އަދަދު ވަނީ 2000 އަށްވުރެ މައްޗަށް އަރާފަ އެވެ.
ޚަބަރު
ޚަބަރު
ޚަބަރު