ވަލްޑޯފް އޮސްޓްރިއާ އިތާފުށިން މި މަހުގެ ސާވިސް ޗާޖުގެ ގޮތުގައި ކޮންމެ މީހަކަށް 3320 ޑޮލަރު ދިނުމަށް ނިންމައިފިއެވެ.
މާލެ އަތޮޅުގައި އޮންނަ އިތާފުއްޓަކީ، މުވައްޒަފުންނަށް އަބަދުވެސް ބޮޑު ސާވިސް ޗާޖެއް ދެމުން އަންނަ ރިސޯޓެކެވެ.
މޯލްޑިވްސް ސާވިސް ޗާޖް އަޕްޑޭޓްސްއިން ބުނެފައިވާ ގޮތުގައި އިތާފުށީގެ ކޮންމެ މުވައްޒަފަކަށް މިމަހު 3320 ޑޮލަރު (51،194.4 ރުފިޔާ) ސާވިސް ޗާޖުގެ ގޮތުގައި ދިނުމަށް ނިންމާފައިވާ ކަމަށެވެ. މިއީ މިމަހުގެ މިހާތަނަށް އެންމެ ބޮޑު ސާވިސް ޗާޖެއް ދޭ ރިސޯޓެވެ.
މިމަހު ދެވަނައަށް އެންމެ ބޮޑު ސާވިސް ޗާޖެއް ދޭން ނިންމާފައިވަނީ ވަން އެންޑް އޮންލީ ރީތި ރަށުންނެވެ. އެ ރިސޯޓުގެ ކޮންމެ މުވައްޒަފަކަށް ސާވިސް ޗާޖުގެ ގޮތުގައި 3089 ޑޮލަރު (47،632.3ރ) ދޭނެއެވެ.
މިމަހު ދެން އެންމެ ބޮޑު ސާވިސް ޗާޖެއް ދެނީ، އަނަންތަރަ ކިހަވަށް މޯލްޑިވްސް އާއި ޕަޓީނާ މޯލްޑިވްސްއިންނެވެ. އެގޮތުން، އަންނަތަރަ ކިހާވަކުން 2،126 ޑޮލަރު ސާވިސް ޗާޖުގެ ގޮތުގައި ދޭން ނިންމާފައިވާއިރު، ޕަޓީނާ މޯލްޑިވްސްއިން ދޭން ނިންމާފައިވަނީ 2،057 ޑޮލަރެވެ.
މިމަހުގެ މިހާތަނަށް އެންމެ ބޮޑު ސާވިސް ޗާޖެއް އިތާފުށިން ދޭން ނިންމާފައިވާއިރު، ގިނަ ރިސޯޓުތަކުން މިމަހުގެ ސާވިސް ސާޖުގެ ގޮތުގައި ދިނުމަށް ނިންމާފައިވާ އަދަދުތައް ހާމަކޮށްފައެއް ނުވެއެވެ.