ބ. އޭދަފުށިން ގިނަ ބަޔަކު ކޮވިޑަށް ޕޮޒިޓިވްވެ، އެރަށް އަނެއްކާވެސް މޮނީޓަރިންގެ ހާލަތަށް ގެނެސްފިއެވެ.
އޭދަފުށީގައި ހުންނަ ބ. އަތޮޅު ރީޖަނަލް ހޮސްޕިޓަލުގެ މެނޭޖަރު މުހައްމަދު ރަޝީދު "ވަން" އަށް މިރޭ ވިދާޅުވީ، އެރަށް މޮނީޓަރިންގެ ހާލަތަށް ގެނެސްފައިވަނީ ރޭގެ ވަގުތެއްގައި ކަމަށެވެ.
ރަޝީދު ވިދާޅުވީ އޭދަފުށިން މިހާތަނަށް 55 މީހަކަށް ބަލި ޖެހިފައިވާ ކަމަށެވެ.
"ކޮންޓެކްޓުން ދެނެގަނެ ކޮންޓެކްޓް ޓްރޭސިންގެ މަސައްކަތް ވަރަށް ފުރިހަމައަށް ކުރަމުން އަޅުގަނޑުމެން މިގެންދަނީ،" ރަޝީދު ވިދާޅުވިއެވެ.
އޭދަފުށިން އިއްޔެ އެކަނި ވެސް ދިހަ މީހަކު ކޮވިޑަށް ޕޮޒިޓިވްވިއެވެ. އަދި އަންގާރަ ދުވަހު 19 މީހަކު ޕޮޒިޓިވްވިއެވެ.
ކޮވިޑުގެ ކޭސްތަކާ ގުޅިގެން މީގެ ކުރިން ވެސް އެކި ފަހަރު މަތިން އޭދަފުށި މޮނިޓަރިންގެ ހާލަތަށް ލާފައިވެއެވެ. މޮނީޓަރިންގެ ހާލަތުގައި އޭދަފުއްޓާއެކު މިވަގުތު ޖުމުލަ 14 ރަށެއް އެބައޮތެވެ.
ޚަބަރު
ޚަބަރު
ޚަބަރު