ގއ. ދާންދޫ ބަނދަރު ބޮޑުކުރުމުގެ މަސައްކަތާއި ބ. ކަމަދޫ ބަނދަރު މަރާމާތު ކުރުމުގެ މަސައްކަތް އެމްޓީސީސީއާ ހަވާލުކޮށްފިއެވެ.
އެ ދެ މަޝްރޫއުގެ އެއްބަސްވުމުގައި ސޮއިކުރުމަށް ހައުސިން އެންޑް އިންފްރާންސްޓްރަކްޗާ މިނިސްޓްރީގައި މިއަދު ބޭއްވި ރަސްމިއްޔާތުގައި މިނިސްޓްރީގެ ފަރާތުން ސޮއިކުރެއްވީ ޕާމަނަންޓް ސެކްރެޓަރީ ޒީނިޔާ އަހުމަދު ހަމީދެވެ. އެމްޓީސީސީގެ ފަރާތުން ސޮއިކުރެއްވީ އެކުންފުނީގެ ސީއީއޯ އާދަމް އާޒިމެވެ.
މިއީ ޖުމުލަ 117 މިލިއަން ރުފިޔާގެ ދެ މަޝްރޫއެވެ.
އެގޮތުން ކަމަދޫ ބަނދަރު މަރާމާތުކުރުމުގެ މަޝްރޫއު އެމްޓީސީސީއާ ހަވާލުކުރީ 47 މިލިއަން ރުފިޔާއަށެވެ. އެ މަސައްކަތް ނިންމަން ދީފައިވާ މުއްދަތަކީ 400 ދުވަހެވެ. އެ މަޝްރޫއުގެ ދަށުން ކުރަން ހަމަޖެހިފައިވާ މަސައްކަތްތައް:
- 25،636 ކިއުބިކް މީޓަރު ބަނދަރު ފުންކުރުން
- 180 މީޓަރު ބޭރުތޮށި ޖެހުން
- 628 މީޓަރު ރިވެޓްމަންޓް ޖެހުން
- 346 މީޓަރު އެއްގަމުތޮށި ޖެހުން
- 70 މޫރިން ރިންގް ހަރުކުރުން
- 10 މޫރިން ބޮއި ހަރުކުރުން
- 11m x 11mގެ ރޭމްޕެއް ހެދުން
- 1730 އަކަ މީޓަރުގެ ޕޭވްމަންޓް ހެދުން
- 17 މަގު ބައްތި ޖެހުން
- 2 ނެރު ބައްތި ހަރުކުރުން
ދާންދޫ ބަނދަރު ބޮޑުކުރުމުގެ މަޝްރޫއު އެމްޓީސީސީއާ ހަވާލުކުރީ 70.8 މިލިއަން ރުފިޔާއަށެވެ. މި މަޝްރޫއު ނިންމުމަށް އެއްބަސްވެފައި ވަނީ 485 ދުވަސް ތެރޭގައެވެ. މި މަޝްރޫއުގެ ދަށުން ކުރަން ހަމަޖެހިފައިވާ މަސައްކަތްތައް:
- 81،404 ކިއުބިކް މީޓަރު ބަނދަރު ފުންކުރުން
- 333 މީޓަރު ބޭރުތޮށި ޖެހުން
- 370 މީޓަރު ރިވެޓްމަންޓް ޖެހުން
- 30 މީޓަރު ގްރޮއިން ޖެހުން
- 529 މީޓަރު އެއްގަމުތޮށި ޖެހުން
- 104 މޫރިން ރިންގް ހަރުކުރުން
- 10 މޫރިން ބޮއި ހަރުކުރުން
- 30m x 4mގެ ކޮންކުރީޓް ބްރިޖް އެޅުން
- 100m x 9mގެ ކޮންކުރީޓް ޖެޓީ އެޅުން
- 10m x 9mގެ ރޭމްޕް ހެދުން
- 71 އަކަ މީޓަރުގެ ޕޭވްމަންޓް ހެދުން
- 36 މަގު ބައްތި ޖެހުން
- 2 ނެރު ބައްތި ހަރުކުރުން
ޚަބަރު
ޚަބަރު
ޚަބަރު