ޖިންސީ ފުރައްސާރައިގެ މައްސަލައިގައި އެމްޕީއެލްގެ ކުރީގެ ސީއީއޯ މުހައްމަދު ޖުނައިދުގެ މައްޗަށް ދައުވާ ކުރެވެން ނެތް ކަމަށް ފުލުހުން ބުނެފިއެވެ.
ފުލުހުންގެ މީޑިއާ އޮފިޝަލު ވަން އަށް މިއަދު ވިދާޅުވީ، އެ މައްސަލައިގެ ތަހުގީގުގައި ދައުވާ ކުރެވޭނެ ޖިނާއީ ކުށެއް ފާހަގަ ކުރެވިފައި ނުވާތީ އެ މައްސަލަ ފައިލް ކޮށްފައިވާ ކަމަށެވެ.
ކޮމިޝަނަރު އޮފް ކަސްޓަމްސްގެ މަގާމު ކުރިން އަދާކުރެއްވި ޖުނައިދުގެ މައްޗަށް ޖިންސީ ފުރައްސާރައިގެ ތުހުމަތުތަކެއް ކޮށް މައްސަލަ ހުށަހެޅީ އޭނާގެ މުވައްޒިފެކެވެ.
އެއީ އޭނާގެ ވިޔަފާރި ކުންފުނި، އޮންދިގޯގެ އަންހެން މުވައްޒަފެކެވެ.
ޖުނައިދަށް ޖިންސީ ފުރައްސާރައިގެ ތުހުމަތު ކޮށް، އެ އަންހެން މުވައްޒަފު ބުނެފައި ވަނީ ޖުނައިދުގެ ފަރާތުން ތަކުރާރުކޮށް އޭނާއަށް ޖިންސީ ފުރައްސާރަ ދިމާވާ ކަމަށެވެ. އޭގެ ތެރޭގައި ގަދަކަމުން ގައިގައި އަތްލައި ޖިންސީ ގޯނާ ކުރި ކަމަށްވެސް ސޯޝަލް މީޑިއާގައި އޭނާ ބުނެފައިވެއެވެ.
އެ މައްސަލައިގައި އެތަނުގެ ވަޒީފާއިން އޭނާ ވަކިވެފައިވާ ކަމަށްވެސް ބުނެފައިވެއެވެ.
ޚަބަރު
ޚަބަރު
ޚަބަރު