ރާއްޖޭގެ ރަށްތަކަށް ހުޅުވާލައިގެން ބާއްވާ އެންމެ ބޮޑު ފުޓްސަލް މުބާރާތް، ސޮނީ ސްޕޯޓްސް ގޯލްޑަން ފުޓްސަލް ޗެލެންޖު 2022 ގެ ގުރުއަތުލުން މިއަދު ބާއްވައިފިއެވެ.
"ކޭވް" ކެފޭގައި މިއަދު ބޭއްވި ގުރު ނެގުމުގެ ރަސްމިއްޔާތުގެ މުބާރާތުގެ އޮފިޝަލުންނާއި ސްޕޮންސަރުންގެ އިތުރުން ޓީމުތަކުންވެސް ބައިވެރިވެފައިވެއެވެ. 91 ޓީމު ވާދަކުރާ ގޯލްޑަން ފުޓްސަލް ޗެލެންޖު 2022 ގެ ގުރު ނެގުމުގައި މިއަދު ވަނީ އަތޮޅު ބުރުތަކުގެ އިތުރުން ޒޯން ބުރާއި ގަދަ 16 ގެ ގުރުވެސް ނަގައިފައެވެ.
މިއަހަރުގެ މުބާރާތުގައި ޖުމްލަ 177 މެޗެއް ކުޅޭނެއެވެ. އޭގެ ތެރެއިން ފުރަތަމަ އަތޮޅު ބުރު ކުޅޭ އިރު، ކޮންމެ އަތޮޅު ބުރެއްވެސް ކުޅޭނީ ލީގު އުސޫލުންނެވެ. އަތޮޅު ބުރުގައި ޓީމުތައް ބައިވެރިވި އަދަދަށް ބަލައި ގުރޫޕް ބަހަން މިފަހަރުވެސް ނިންމާފައިވާ އިރު، އަތޮޅު ބުރުގައި ފަސް ޓީމަށްވުރެ މަދުން ބައިވެރިވެފައިވާ އަތޮޅު ތަކުގައި ކުޅޭނީ ލީގު އުސޫލުންނެވެ.
އެހެން ނަމަވެސް ހަ ޓީމަށްވުރެ ގިނައިން ބައިވެރިވެފައިވާނަމަ އެ އަތޮޅެއްގެ މެޗުތައް ކުޅޭނީ ދެ ގުރޫޕަކަށް ބަހާލައިގެންނެވެ. ދެ ގުރޫޕުގެ އެއް ވަނަވެސް ޒޯން ބުރަށް ދާއިރު، އަތޮޅު ޗެމްޕިއަން ޓީމު ހޮވަން ކުޅޭނީ ފައިނަލް މެޗެކެވެ.
ހަ ޓީމަށްވުރެ ގިނައިން ބައިވެރިވެގެން މިފަހަރު ދެ ގްރޫޕަކަށް ކުޅޭނީ ހއ. އަތޮޅާއި، ހދ. އަތޮޅާއި، ށ. އަތޮޅާއި، ކ. އަތޮޅާއި، އދ. އަތޮޅުގެ އިތުރުން ތ. އަތޮޅާއި. މ. އަތޮޅު އަދި ގއ. އަތޮޅުގެ މެޗުތަކެވެ.
އެއް ޓީމެއް ބައިވެރިވުމުން ނ. ކުޑަފަރީއާއި ފުވައްމުލަކު ސިޓީ މާލެގަން މިހާރުވެސް ޒޯން ބުރު ޔަގީންވެފައިވާ އިރު، ޒޯން ބުރުވެސް ކުޅޭނީ ލީގު އުސޫލުން ހުރިހާ ޓީމެއް ހުރިހާ ޓީމަކާ ގުޅޭ ގޮތަށެވެ. ދެ ގްރޫޕަށް ބަހާލި އަތޮޅުތަކުން ދެ ޓީމު ޒޯން ބުރަށް ދާއިރު، ދެން ހުރިހާ އަތޮޅެއްގައިވެސް ޒޯނަށް ދާނީ ލީގު އުސޫލުން ކުޅޭ އަތޮޅު ބުރުގެ ޗެމްޕިއަން އެކަންޏެވެ.
މުބާރާތުގެ ގަދަ 16 ގައި ޒޯން ބުރުގެ ޗެމްޕިއަނުން ވާދަކުރާނީ ރަނަރަޕް ޓީމުތަކާ ދެކޮޅަށެވެ. އެ ތަރުތީބުން ކުއާޓާ ކުޅެ، ސެމީއަށް ޓީމުތައް ދަތުރު ކުރާ އިރު، ފައިނަލް އޮންނާނީ މާޗު 30 ވަނަ ދުވަހުއެވެ.
ހއ. އަތޮޅު
ގްރޫޕް އޭ:
- ވަށަފަރު
- ހޯރަފުށި
- ދިއްދޫ
- މާރަންދޫ
ގްރޫޕް ބީ:
- ބާރަށް
- އިހަވަންދޫ
- މުރައިދޫ
- ކެލާ
ހދ. އަތޮޅު
ގްރޫޕް އޭ:
- ކުމުންދޫ
- ފިނޭ
- ނޭކުރެންދޫ
- ނާވައިދޫ
ގްރޫޕް ބީ:
- ކުޅުދުއްފުށި
- ވައިކަރަދޫ
- ނެއްލައިދޫ
- މަކުނުދޫ
ށ. އަތޮޅު
ގްރޫޕް އޭ:
- މިލަންދޫ
- ބިލެއްފަހި
- ކޮމަންޑޫ
- ފޯކައިދޫ
ގްރޫޕް ބީ:
- މަރޮށި
- ކަނޑިތީމު
- ފީވައް
- ގޮއިދޫ
ކ. އަތޮޅު
ގްރޫޕް އޭ:
- ހުރާ
- ތުލުސްދޫ
- ކާށިދޫ
ގްރޫޕް ބީ:
- ގުރައިދޫ
- ގާފަރު
- މާފުށި
އދ. އަތޮޅު
ގްރޫޕް އޭ:
- ހަންޏާމީދޫ
- ފެންފުށި
- މާމިގިލި
ގްރޫޕް ބީ:
- ދަނގެތި
- އޮމަދޫ
- ކަނބުރުދޫ
މ. އަތޮޅު
ގްރޫޕް އޭ:
- މުލި
- ކޮޅުފުށި
- މުލަކު
ގްރޫޕް ބީ:
- ނާލާފުށި
- ދިއްގަރު
- މަޑުއްވަރި
ތ. އަތޮޅު
ގްރޫޕް އޭ:
- ކިނބިދޫ
- ގާދިއްފުށި
- އޮމަދޫ
ގްރޫޕް ބީ:
- ވޭމަންޑޫ
- ތިމަރަފުށި
- ބުރުނި
ގއ. އަތޮޅު
ގްރޫޕް އޭ:
- ގެމަނަފުށި
- ކޮނޑޭ
- ކަނޑުހުޅުދޫ
- ނިލަންދޫ
ގްރޫޕް ބީ:
- ދާންދޫ
- ކޮލަމާފުށި
- ދެއްވަދޫ
- މާމެންދޫ
ސޮނީ ސްޕޯޓްސް ގޯލްޑަން ފުޓްސަލް މުބާރާތް ހުޅުމާލޭގެ ރެހެންދި ފުޓްސަލް ދަނޑުގައި ކުޅުމަށް ހަމަޖެހިފައިވާ އިރު، މިއަހަރުވެސް މާލެ އަދި ފުވައްމުލަކު ސިޓީ ފިޔަވައި ކޮންމެ ރަށަކުންވެސް އެރަށަކަށް ނިސްބަތްވާ އެއް ޓީމު މުބާރާތުގައި ބައިވެރިކުރުމަށް ފުރުސަތު ދީފައިވެއެވެ.
މާލެ އާއި ފުވައްމުލަކުގެ ކޮންމެ އަވަށަކަށް ޓީމެއް ބައިވެރިކުރުމަށް ވަނީ ފުރުސަތު ދީފައެވެ. އެފުރުސަތާއެކު 91 ޓީމުން މުބާރާތުގައި ބައިވެރިވުންވީ މުބާރާތަށް އޮތް ތަރުހީބު ދައްކުވައިދިން ކަމަކަށެވެ. މިއީ ގޯލްޑަން ފުޓްސަލް މުބާރާތް ކާމިޔާބު ކަމާއެކު ބާއްވާ ހަވަނަ އަހަރެވެ.
ގޯލްޑަން ފުޓްސަލް ޗެލެންޖް ފެށުމަށް ހަމަޖެހިފައި ވަނީ އަންނަ މަހުގެ 19 ވަނަ ދުވަހުއެވެ. މިފަހަރުގެ މުބާރާތުގެ އޮންލައިން މީޑިއާ ޕާޓްނަރަކީ "ވަން" އޮންލައިންނެވެ. މުބާރާތުގެ ކަވަރޭޖް "ވަން" ތަފާތު ފޯރިއެއްގައި ގެނެސް ދިނުމަށް ވަނީ ނިންމައިފައެވެ.
ކުޅިވަރު
ކުޅިވަރު
ކުޅިވަރު
ކުޅިވަރު