މާލޭގައި ކޮވިޑު-19 ފެތުރޭ މިންވަރު އިތުރުވެ ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން ނުރައްކަލުގެ ހާލަތު ރަތަށް ބަދަލުކޮށްފައިވާތީ ރައްކާތެރިކަމުގެ ފިޔަވަޅެއްގެ ގޮތުން ގައުމީ ދާރުލްއާސާރު ވަގުތީގޮތުން ބަންދުކޮށްފިއެވެ.
ގައުމީ ދާރުލްއާސާރުން މިއަދު ބުނީ، މާދަމާއިން ފެށިގެން ދެ ހަފުތާއަށް ގައުމީ ދާރުލްއާސާރު ބަންދުވާނެ ކަމަށެވެ.
މީގެ ކުރިން 2020 ވަނަ އަހަރު ވެސް ކޮވިޑާ ގުޅިގެން ދާރުލްއާސަރު ބަންދުކުރިއެވެ. އޭރު އެތަން ބަންދުކުރުމަށްފަހު އަލުން ހުޅުވާފައިވަނީ މިދިޔަ އަހަރުގެ ޑިސެމްބަރު މަހުގެ ދެވަނަ ދުވަހުއެވެ.
މަސްތަކަކަށްފަހު ރާއްޖޭގެ ކޮވިޑުގެ ހާލަތު އަނެއްކާވެސް ވަނީ ގޯސްވެފައެވެ. މިމަހު ކޮވިޑުގެ އަދަދުތައް ބޮޑުތަނުން މައްޗަށް ގޮސްފައިވާ އިރު، އިއްޔެ އެކަނި ވެސް 1،420 މީހަކު ޕޮޒިޓިވްވިއެވެ. އޭގެ ތެރޭގައި މާލެ ސަރަހައްދުން ޕޮޒިޓިވްވި 826 މީހަކު ހިމެނެއެވެ.
ކޮވިޑުގެ ހާލަތު ގޯސްވުމާ ގުޅިގެން ސަރުކާރުން އަންނަނީ ރައްކާތެރިކަމުގެ ފިޔަވަޅުތަކެއް އަޅަމުންނެވެ. އެގޮތުން މިހާރު މާލެ ސަރަހައްދުން ރަށްރަށަށް ދަތުރުކުރެވެނީ ނެގަޓިވް ޕީސީއާރު ނަތީޖާއަކާއެކުއެވެ.
ޚަބަރު
ޚަބަރު
ޚަބަރު