އައްޑޫ ސިޓީގެ ހިރާ ސްކޫލަށް ޒައިދު ސަސްޓެއިނަބިލިޓީ ޕްރައިޒް އެވޯޑު ލިބިއްޖެއެވެ.
ހިރާ ސްކޫލަށް ލިބުނު ޒައިދު ސަސްޓެއިނަބިލިޓީ ޕްރައިޒް އަކީ ފަސް ދާއިރާއަކުން ދެމެހެއްޓެނެވި ހައްލުތައް ހޯދާ ފަރާތްތަކަށް 2008 ވަނަ އަހަރުން ފެށިގެން ޔުނައިޓެޑް އަރަބި އެމިރޭޓްސް (ޔޫއޭއީ) އިން ދެމުން އަންނަ އެވޯޑެކެވެ.
ޒައިދު ސަސްޓެއިނަބިލިޓީ އެވޯޑަކީ ސަސްޓެއިނަބިލިޓީގެ ދާއިރާއިން ޔޫއޭއީއިން ދޭ ޝަރަފުވެރި ބައިނަލްއަގުވާމީ އެވޯޑެކެވެ. އެ އެވޯޑު ނިސްބަތްކުރަނީ ޔޫއޭއީގެ ބާނީ ޝައިހު ޒައިދު ބިން ސުލްތާން އަލް ނަޙްޔާންގެ ހިދުމަތްތަކަށެވެ.
ޒައިދު ސަސްޓެއިނަބިލިޓީ ޕްރައިޒް އެވޯޑުގެ ފައިނަލަށް އޭޝިއާ ބައްރުން ދިޔައީ ހިރާ ސްކޫލުގެ އިތުރުން ނޭޕާލުގެ ކޮޕިއްލާ ވެލޭ ސްކޫލު އަދި އިންޑިއާގެ މަންކުވާރީ ހަންސާހަޔާ ސެކަންޑަރީ ސްކޫލެވެ.
ހިރާ ސްކޫލަށް އެ އެވޯޑަށް ހުށަހަޅާފައިވަނީ ވާރޭ ފެން ޖަމާކޮށް، ސާފުކޮށް އަދި ރައްކާ ކުރާ ނިޒާމެއް ހެދުމުގެ ޕްރޮޖެކްޓަކަށެވެ. ޒައިދު ސަސްޓެއިނަބިލިޓީ ޕްރައިޒް ލިބުމުން، އެ ޕްރޮޖެކްޓް ހިންގަން އެ ސްކޫލަށް އެއް ލައްކަ ޑޮލަރު ލިބޭނެއެވެ.
ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހު ވަނީ ހިރާ ސްކޫލަށް އެ އެވޯޑު ލިބުމުން މިއަދު މަރުހަބާ ދަންނަވައިފައެވެ. ރައީސް ވަނީ އަބޫދާބީ ސަސްޓެއިންނަބިލިޓީ ވީކް ހުޅުވުމުގެ ރަސްމިއްޔާތު އަދި ޒައިދު ސަސްޓެއިނަބިލިޓީ އެވޯޑް ދެއްވުމުގެ ރަސްމިއްޔާތުގައި މިއަދު ބައިވެރިވެވަޑައިގެންފައެވެ.
ޚަބަރު
ޚަބަރު
ޚަބަރު
ޚަބަރު