ރާއްޖޭގައި ދިރިއުޅޭ ބިދޭސީންނަށް ހާއްސަކޮށްގެން ދިރާގުން ޕްރީޕެއިޑް ޕްލޭނެއް ތައާރަފު ކޮށްފިއެވެ.
ދިރާގުން ބުނީ "ހެލޯ ޕްރިޕެއިޑް" ގެ ނަމުގައި އެކުންފުނިން އަލަށް ތައާރަފުކުރި ޕްރީޕެއިޑް ޕްލޭންގެ ބައްޓަންކޮށްފައިވަނީ ހާއްސަކޮށް އިންޑިއާ، ލަންކާ، ފިލިޕީންސް، ނޭޕާލް، ތައިލެންޑްގެ އިތުރުން ޗައިނާގެ ބިދޭސީންނަށް ކަމަށެވެ.
ދިރާގުން ބުނީ ހެލޯ ޕްރިޕެއިޑް ޕްލޭންގެ ދަށުން ކަސްޓަމަރު ނިސްބަތްވާ ގައުމު ވަކިން ސެލެކްޓް ކޮށްލެވެން ހުންނާނެ ކަމަށާއި، އޭގެ ސަބަބުން ކަސްޓަމަރު ނިސްބަތްވާ ގައުމާ ގުޅޭ ގޮތުން ހާއްސަކޮށްފައިވާ އެކި ބެނެފިޓްސް ތަކާއި ޕްރިޕެއިޑް އެހެނިހެން އޮފާތައްވެސް މުޅި އަހަރަށް ލިބިގެންދާނެ ކަމަށެވެ.
މީގެ އިތުރުން 31 މާޗްގެ ކުރިން ހެލޯ ޕްރިޕެއިޑް ކޮމްބޯޕްލޭން އެކްޓިވޭޓް ކޮށްގެން ކަސްޓަމަރުންނަށް 25 ޕަސެންޓާ ހަމަޔަށް އިތުރު އެލަވަންސްތައް ލިބޭނެ ކަމަށް ދިރާގުން ބުނެއެވެ.
ޚަބަރު
ޚަބަރު
ޚަބަރު
ޚަބަރު