މަރާމާތު ކުރުމަށް ހިޔާ ފުލެޓުގެ ތިން ޓަވަރެއްގެ ލިފްޓު ބަންދުކޮށްފި އެވެ.
ހައުސިން ޑިވެލޮޕްމަންޓު ކޯޕަރޭޝަން (އެޗްޑީސީ) އިން ބުނީ އެއް ހަފުތާގެ މުއްދަތަށް ހިޔާ ފުލެޓުގެ އެޗް8 ޓަވަރުގެ ހަތަރުވަނަ ލިފްޓާއި އެޗް9 ޓަވަރުގެ ދެވަނަ ލިފްޓުގެ އިތުރުން އެޗް12 ޓަވަރުގެ ދެވަނަ ލިފްޓު ބަންދު ކުރުމަށް ނިންމާފައިވާ ކަމަށެވެ.
އެޗްޑީސީން ބުނީ މަރާމާތަށް ބޭނުންވާ ސްޕެއާ ޕާޓްސް ލިބުމާއެކު، ހަފުތާއެއްގެ ތެރޭގައި ލިފްޓުތަކުގެ މަސައްކަތް ނިންމާލެވޭނެ ކަމަށް ބެލެވޭ ކަމަށެވެ. އެޗްޑީސީން ވަނީ މި މުއްދަތުގެ ތެރޭގައި މި ޓަވަރުތަކުގައި ދިރިއުޅޭ ރައްޔިތުންނަށް ދިމާވާނެ ދަތިތަކަށް މާފަށް އެދިފަ އެވެ.
ހިޔާ ފުލެޓުތަކުގެ އެކި ޓަވަރުތަކުގެ ލިފްޓު ހަލާކުވެ ބޭނުން ނުކުރެވި ހުންނަތާ މަހެއްހައި ދުވަސް ވެދާނެ ކަމަށް އެތަނުގައި ދިރިއުޅޭ ރައްޔިތުން އަންނަނީ ބުނަމުންނެވެ. އަދި އެކަމުގެ ސަބަބުން ތޮއްޖެހުން އިތުރުވެފައިވާތީ ގިނަ ބަޔަކު އަންނަނީ ކަންބޮޑުވުން ފާޅު ކުރަމުންނެވެ.
ޚަބަރު
ޚަބަރު
ޚަބަރު