ބަނގުރާ ހިފައިގެން ފުލުހުންނަށް ފިލަން ދުއްވި ސައިކަލެއް މުލިއާގެ ފާރުގައި ޖެހި އެކްސިޑެންޓުވެއްޖެއެވެ.
ފުލުހުން ބުނީ، އެ އެކްސިޑެންޓު ހިނގީ މިއަދު ހަވީރު 4:30 ހާއިރު މަޖީދީމަގުން ބާރު ސްޕީޑުގައި ދުއްވާފައި ދިޔަ ސައިކަލެއް މަޑުކުރަން ފުލުހުން އެންގުމުން މަޑުނުކޮށް އަލިކަލޭގެފާނު މަގުން ދަނިކޮށް މުލިއާގެ ފާރުގައި ޖެހިގެން ކަމަށެވެ. އަދި އެކްސިޑެންޓުވި ސައިކަލުގައި އަޅުވާފައި އޮތް ކޮތަޅުގެ ތެރެއިން ބަނގުރާ ފުޅިތަކެއް ފެނިފައިވާ ކަމަށް ވެސް ބުންޏެވެ.
ސައިކަލު ދުއްވަން އިނީ ބަންގުލަދޭޝްގެ މީހެއް ކަމަށް ފުލުހުން ބުންޏެވެ. އަދި އޭނާ އަށް އަނިޔާވުމުން ފުލުހުންގެ ބެލުމުގެ ދަށުން އައިޖީއެމްއެޗުން ފަރުވާ ދެމުން އަންނަ ކަމަށް ވެސް ފުލުހުން ބުންޏެވެ.
ފުލުހުން އަންނަނީ މި މައްސަލަ ތަހުގީގު ކުރަމުންނެވެ.
ޚަބަރު
ޚަބަރު
ޚަބަރު