ވިޔަފާރި

"ޕެޕޭ ސަބްމެރިން" ރަހައިގެ މީރުކަމާއެކު މިހާރު އެންމެ ވައިގައި

މުހައްމަދު ޖަމްޝަތް ވަހީދު

ސަބްމެރިންއަކީ ފާސްޓް ފުޑަށް ލޯބިކުރާ ދިވެހީންގެ ތެރޭގައި ޒަމާނުއްސުރެ މަގުބޫލު އެއްޗެކެވެ. ސަބްމެރިންއަށް ހާއްސަ އެކިބްރޭންޑްތަކުން އެކި ރަހަތަކުގެ ސަބްމެރިން ދިބެހީންނަށް އަންނަނީ ގެނެސްދެމުންނެވެ.

މިފަހަރު މިއޮތީ ސަބްމެރިން އަށް ހާއްސަ ރެސްޓޯރެންޓެއް ކަމަށްވާ "ޕެޕޭ" ގެ ވާހަކައެވެ. މީރު ސަބްމެރިންއެއް ކާލަން ބޭނުމިއްޔާ ދާންވީ ޕެޕޭ އަށެވެ.

ވަންއަށް މައުލޫމާތު ދެމުން ޕެޕޭގެ ކޯ ފައުންޑަރު، އަދި މެނޭޖިންގް ޑިރެކްޓަރު، އިއްޒަތު ރަޝީދު ބުނީ "ޕެޕޭ" އަކީ ސަބްމެރިންއަށް ލޯބިކުރާ ފަރާތްތަކަށް މީރު ސަބްމެރިންއެއްގެ ރަހަ ގެނެސްދިނުމުގެ މަގުސަދުގައި ހުޅުވި ރެސްޓޯރެންޓެއް ކަމަށެވެ. ރެސްޓޯރަންޓް ހާއްސަކޮށްފައިވާނީ ސަބްމެރިންއަށް އެކަނި ކަމަށާއި އެގޮތަށް ނިންމީވެސް ސަބްމެރިންގެ ކޮލިޓީއާއި ރަހަ ހިފެހެއްޓުމަށް ކަމަށް އޭނާ ބުންޏެވެ.

"އަޅުގަނޑުމެން ހުޅުވައިގެން އަދި ވާނީ ކުޑަ ދުވަސްކޮޅެއް. އެކަމަކު 90 ޕަސެންޓް ކަސްޓަމަރުންނަކީ ރިޕީޓާސް. އަޅުގަނޑުމެން ބޭނުންވަނީ މިތަނުގެ ސަބްމެރިންގެ ރަހަޔާއި ކޮލެޓީ ހިފަހައްޓައި ކަސްޓަމަރުންނަށް އަބަދުވެސް ރަހަމީރު ސަބްމެރިންއެއް ލިބޭނެ ގޮތް ހަދަން." އިއްޒަތު ބުންޏެވެ.

އިއްޒަތު ބުނީ ޕެޕޭއިން އަބަދުވެސް ބަލާނީ ކަސްޓަމަރުންނަށް އެންމެ ފުރިހަމަ ހިދުމަތް ދިނުމަށް ކަމަށާއި މާލޭގެ ކޮންމެތަނަކަށް ވެސް 30 މިނިޓް ތެރޭ ޑެލިވަރީ ކޮށްދޭނެ ކަމަށެވެ.

މިދިޔަ އަހަރު އޮކްޓޯބަރު މަހުގައި ހުޅުވި މި ރެސްޓޯރަންޓް ހުންނަނީ މާލޭގެ ބޮޑުފެންވަޅުގޭގައެވެ.

ޕެޕޭ ގެ ކޯ ފައުންޑަރު، އަދި ޑިރެކްޓަރ އައިޝަތު ޒިފާ ބުނީ، ޕެޕޭ ބޮޑަށް ޓާގެޓްކޮފައިވާނީ ޓޭކް އަވޭ އާއި ޑެލިވަރީއަށް ކަމަށެވެ. ނަމަވެސް ކުރިއަށް އޮއްތާނގައި ޕެޕޭގެ އިތުރު ބްރާންޗްތައް ހުޅުވަން ޕްލޭންކޮށްފައިވާ ކަމަށް ވެސް ޒިފާ ބުންޏެވެ. އަދި ސަބްމެރިންގެ އިތުރުން ޕިއްޒާވެސް ތައާރަފުކުރަން ނިންމާފައިވާކަމަށް އޭނާ ބުންޏެވެ.

ހުރިހާ އުމުރެއްގެ ދިވެހީންނަށް ވެސް ސަބްމެރިންއަކީ މީރު އެއްޗެއްކެވެ. މާލޭގައި ވެސް އަދި ރަށްރަށުގައި ވެސް ރަހަ މީރުކޮށް، ކޮލިޓީކޮށް ތައްޔާރުކޮށްފައި ހުންނަ ސަބްމެރިނަށް އޮންނަ ޑިމާންޑް ބޮޑެވެ. ކިތަންމެ އުމުރުން ހަގަސް، ޕެޕޭ ވެސް މި ވަނީ އެންމެ ޔަމީ ސަބްމެރިންގެ ލިސްޓަށް ވަދެ، "މީރު ސަބްމެރިން"ގެ ލިސްޓުގެ އެންމެ ކުރީން ޖާގަ ހޯދައިފަ އެވެ. ޓެސްޓު ކޮށްލުން ރަނގަޅެވެ. ޑެލިވަރީއަށް ގުޅާނެ ނަންބަރަކީ 7573773 އެވެ.