ޚަބަރު

90 ޕަސެންޓު ދަރިވަރުން ވެކްސިންގެ ދެ ޑޯޒު ފުރިހަމަކޮށްފި

ރިފާ ހަލީލު

ކޮވިޑް-19 އިން ދިފާއުވުމަށް 90 ޕަސެންޓު ދަރިވަރުން ވެކްސިންގެ ދެވަނަ ޑޯޒް ފުރިހަމަކޮށްފައިވާ ކަމަށް އެޑިއުކޭޝަން މިނިސްޓްރީން ބުނެފިއެވެ.

ރާއްޖޭގެ މުޅި އާބާދީގެ 368،000 އަށްވުރެ ގިނަ މީހުން ވެކްސިންގެ ދެވަނަ ޑޯޒް ފުރިހަމަކޮށްފައިވާ އިރު، ރާއްޖޭގައި އުމުރުން 12 އަހަރާއި 17 އަހަރާ ދެމެދު ކުދިންނަށް ވެކްސިން ޖަހަން ފެށީ މިދިޔަ އަަހަރުގެ އޮގަސްޓު މަހުގައެވެ.

އެޑިއުކޭޝަން މިނިސްޓްރީން "ވަން" އާ މިއަދު ހިއްސާ ކުރި ތަފާސް ހިސާބުތަކުން ދައްކާ ގޮތުގައި، މިހާތަނަށް 36،029 ދަރިވަރުން ވަނީ ވެކްސިންގެ ފުރަތަމަ ޑޯޒް ޖަހައިފައެވެ. އެއީ ވެކްސިން ޖަހަންޖެހޭ ދަރިވަރުންގެ 97 ޕަސެންޓެވެ. އަދި ވެކްސިންގެ ދެވަނަ ޑޯޒް 32،358 ދަރިވަރަކު ވަނީ ޖަހައިފައެވެ.

ރާއްޖޭގެ 218 ސްކޫލަކުން ވެކްސިންގެ 90 ޕަސެންޓް ފުރިހަމަ ކޮށްފައިވާ އިރު، މާލޭގެ 22 ސްކޫލަކުން 11،225 ކުދިން ވަނީ ވެކްސިން ފުރިހަމަކޮށްފައެވެ. އަދި އަތޮޅުތެރޭގެ 196 ސްކޫލަކުން 21،133 ކުދިން ވަނީ ވެކްސިން ފުރިހަމަކޮށްފައެވެ.