އަމީނީމަގުން ދަރުބާރުގެ ހިމެނޭ ސަރަހައްދުގެ ބައެއް ގޭބީސީތަކުން ފެނުގެ ހިދުމަތް މިއަދު މެނދުކެނޑިދާނެ ކަމަށް އެމްޑަބްލިއުއެސްސީން ބުނެފިއެވެ.

އެމްޑަބްލިއުއެސްސީން މިއަދު ބުނީ މާލޭ ވޯޓާ ނެޓްވޯކުގެ އިމަޖެންސީ މަރާމާތެއްގެ މަސައްކަތްތަކެއް ކުރަމުންދާތީ އެކަމުގެ ސަބަބުން ދަރުބާރުގެ ހިމެނޭ ސަރަހައްދުގެ ބައެއް ގޭބީސީތަކުން ފެނުގެ ހިދުމަތް މެދެކެނޑިގެންދާނެ ކަމަށެވެ.

ނަމަވެސް ފެނުގެ ހިދުމަތް ކެނޑޭނީ ކިހާއިރަކު ކަމެއް އަދި އަލުން ލިބޭނީ ކިހާއިރަކުން ކަމެއް އެކުންފުނިން ނުބުނެއެވެ.

އެ ކުންފުނިން ބުނީ ފެންކެނޑުމުގެ ސަބަބުން ކަސްޓަމަރުންނަށް ދިމާވާނެ ދަތިތަކަށް ނިހާޔަތަށް މައާފަށް އެދޭ ކަމަށާއި ވީ އެންމެ އަވަހަކަށް ހިދުމަތް އަލުން ފޯރުކޮށްދޭން މަސައްކަތް ކުރާނެ ކަމަށެވެ.