ހިޔާ ފްލެޓުތަކުގެ ލިފްޓުތައް ކައިރީގައި ތޮއްޖެހޭތީ ލޮބީ އޭރިއާ ބޮޑުކުރުމުގެ މަސައްކަތް ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ) އިން ފަށައިފިއެވެ.
އެޗްޑީސީން މިއަދު ކުރި ޓުވީޓެއްގައި ބުނެފައި ވަނީ ލިފްޓަށް އަރާ މީހުން ގިނަވެ، ތޮއްޖެހެނީ ޕީކު ގަޑިތަކުގައި ކަމަށާއި އެ ތޮއްޖެހުން ކުޑަކުރުމަށް ލޮބީ އޭރިއާ ބޮޑުކުރުމުގެ މަސައްކަތް ފަށާފައިވާ ކަމަށެވެ.
ހިޔާ ފުލެޓުގައި ދިރިއުޅޭ މީހުން އޮފީސްތަކަށް ދާ ގަޑިއާއި ސްކޫލަށް ކުދިން ގެންދާ ގަޑިއަކީ އެންމެ ބާރު ބޮޑު އެއް ގަޑިއެވެ.
ހިޔާ މަޝްރޫއުގެ ދަށުން 25 ބުރީގެ 16 ޓަވަރު ހަދާފައިވާ އިރު، ކޮންމެ ފްލޯއެއްގައި 20 އެޕާޓްމަންޓު ހުރެ އެވެ. އެޗްޑީސީން މީގެ ކުރިން އަންދާޒާ ކޮށްފައިވާ ގޮތުގައި އެއިން ކޮންމެ ޓަވަރެއްގައި 2400 އެއްހާ މީހުން ދިރިއުޅޭނެއެވެ.
ނަމަވެސް އެއިން ކޮންމެ ޓަވަރެއްގައި ހުންނަނީ ޖުމުލަ ތިން ލިފްޓެވެ.
ޚަބަރު
ޚަބަރު
ޚަބަރު