އުތުރުގެ ރަށެއްގައި ކުޑަކުއްޖަކަށް އިހުމާލުވި މައްސަލައެއް ފުލުހުން ތަހުގީގުކުރަން ފަށައިފިއެވެ.
ފުލުހުން މިއަދު ބުނީ އަޕާނޯތު ޕޮލިސް ރީޖަންގައި ހިމެނޭ ރަށެއްގައި އުމުރުން 10 އަހަރުގެ ފިރިހެން ކުއްޖަކަށް އިހުމާލުވި މައްސަލައެއް ފުލުހަށް ހުށައަޅާފައިވާ ކަމަށެވެ.
ކުޑަކުދިންނާ ގުޅޭ މައްސަލަތަކަކީ ސީރިއަސް މައްސަލަތަކައްވުމުން ކުޑަކުދިންގެ އައިޑެންޓިޓީ ރައްކާތެރިކުރުމުގެ ގޮތުން އެއީ އުތުރުގެ ކޮން ރަށެއްކަން ފުލުހުން ހާމައެއް ނުކުރެއެވެ.
އަޕަނޯތް ޕޮލިސް ރީޖަންގައި ހިމެނެނީ ހއ، އާއި ހދ، އަދި ށ، އަތޮޅެވެ.
"ވަން" އެނގިފައިވާ ގޮތުގައި މިއީ ދޮން ދަރިއަކަށް އޭނާގެ ދޮން މަންމަ އަނިޔާކުރި މައްސަލައެކެވެ. އެ މައްސަލަ ފުލުހުން ތަހުގީގު ކުރަމުން ދިޔަސް އަދި މިހާތަނަށް މީހަކު ހައްޔަރުކޮށްފައެއް ނުވެއެވެ.
ޚަބަރު
ޚަބަރު
ޚަބަރު
ޚަބަރު