ރަސްފަންނުގައި މިހާރު ކުރިއަށްދާ މަގުމަތީ ބާޒާރު ކުރިއަށް ނުގެންދިއުމަށް ހެލްތް ޕްރޮޓެކްޝަން އޭޖެންސީން އަނެއްކާވެސް އަންގައިފިއެވެ.
އެޗްޕީއޭއިން މިގޮތަށް އެންގީ މިމަހުގެ ފަސް ވަނަ ދުވަހު އެ އޭޖެންސީން އަންގައިގެން މާލެ ސަރަހައްދުގައި ނައިޓް މާކެޓް ބޭއްވުން ހުއްޓާލަން އެންގި އެންގުން ބަދަލުކޮށް، ނައިޓު މާކެޓް ބޭއްވުމުގެ ހުއްދަ އިއްޔެ ދީފައިވަނިކޮށެވެ.
އެޗްޕީއޭއިން މިއަދު ނެރުނު ބަޔާނެއްގައި ބުނެފައިވަނީ އެ ހުއްދަ ދިނީ ނައިޓްމާކެޓް ހިންގުމަށް ހަވާލުކޮށްފައިވާ ފަރާތުން އެކަމަށް ތައްޔާރުވުމަށް ވަރަށް ގިނަ ހަރަދުތަކެއް ކޮށްފައިވާތީ، ފިހާރަތައް ހިންގަން އެ އޭޖެންސީން ކަނޑައަޅާފައިވާ އުސޫލާ އެއްގޮތަށް، ވިޔަފާރިކުރުމަށް ކަނޑައަޅާ ތަންތަން ދުރުދުރުގައި ހުންނަގޮތަށް އަދި މީހުން ތޮއްނުޖެހޭނެހެން ކުރިއަށް ގެންދިއުމަށް ކަމަަށެވެ.
ނަމަވެސް އެ އޭޖެންސީން މިއަދު ކުރި އިންސްޕެކްޝަންގައި ރަސްފަންނުގައި ނައިޓްމާކެޓް ކުރިއަށްދަނީ މަގުމަތީ ބާޒާރެއް ގޮތަށް ކަމަށާއި އެތަނުގައި އެއްވެސް ގައިދުރަ ކަމެއް ނެތި މީހުން ތޮއްޖެހުމާއި މާސްކު އެޅުމަށް ސަމާލުކަން ނުދޭކަން ފާހަގަވާތީ ނައިޓްމާކެޓް ކުރިއަށް ނުގެންދިއުމަށް މާލެ ސިޓީ ކައުންސިލަށް އަންގާފައިވާނެ ކަމަށް ބުންޏެވެ.
ޚަބަރު
ޚަބަރު
ޚަބަރު
ޚަބަރު