15 މިނިޓުގެ ކުޑަ ތަފާތަކުން އެއްމާބަނޑު ދެބެއިން ދެއަހަރެއްގައި އުފަންވެއްޖެއެވެ.
ކެލިފޯނިއާގެ އަންހެނެއް ކަމަށްވާ ފާތިމާ މެޑްރިގަލް އަށް ލިބުނު އެއްމާބަނޑު ދެކުދިންގެ ތެރެއިން ފުރަތަމަ ދަރިފުޅު 31 ޑިސެމްބަރު 2021 ވަނަ ދުވަހުގެ ރޭގަނޑު އުފަންވެފައިވާއިރު ދެވަނަ ދަރިފުޅު އުފަންވެފައިވަނީ އެ ރޭގެ ދަންވަރު 12.00 ގައެވެ.
އެ ސަރަހައްދުގައި އުފަންވި އަހަރުގެ އެންމެ ފުރަތަމަ ކުއްޖާ ކަމަށް އައިލިން ޔޮލެންޑާ ޓްރުހިއޯ ރެކޯޑުކުރެވިފައިވާއިރު އައިލިންގެ އެއްމާބަނޑު ބޭބެ އަލްފްރެޑޯ އެންޓޯނިއޯ ޓްރުހިއޯ އުފަންވެފައިވަނީ 31 ޑިސެމްބަރު 2021ވަނަ ދުވަހުގެ ރޭގަނޑު 11.45 ގައެވެ. މިކަމާ ގުޅިގެން އެކުދިން އުފަންވި ނެޓްވިޑާޑް މެޑިކަލް ސެންޓަރުން ފާހަގަކުރިގޮތުގައި މިހެން ދިމާވުމުގެ ފުރުސަތަކީ 2 މިލިއަނުން އެއްފަހަރު ދިމާވާ ފަދަ ހާއްސަ ކަމަކެވެ.
މި ދެ ކުދިން އުފަން ކުރުމުގައި ހަރަކާތްތެރިވި ޑރ. އަނާ އެބްރިލް އަރިއާސް ވެސް ބުނީ މި ޑެލިވަރީ އޭނާއަށް ހާއްސަވެގެން ދަނީ މިސަބަބު ތަކާ ހެދިކަމަށާއި އޭނާގެ މަސައްކަތުގައި 2021 ވަނަ އަހަރުގެ އެންމެ ފަހު އަދި 2022 ވަނަ އަހަރުގެ އެންމެ ފުރަތަމަ ކުއްޖާ އުފަން ކުރުވުމުގެ ޝަރަފު އޭނާ އަށް ލިބިގެން ގޮސްފައިވާ ކަމަށެވެ.
އަލްފްރެޑޯ އަދި އައިލިންގެ މަންމަ ފާތިމާގެ އިތުރު ދެ އަންހެންކުއްޖަކާއި ފިރިހެން ކުއްޖަކު ހުންނައިރު އެއްމާބަނޑު ދެބެއިންގެ އުފަންދުވަސް ދެ އަހަރެއްގެ ދެ ދުވަހަށް ވެގެން ގޮސްފައިވާ ކަން އޭނާއަށް ގަބޫލުކުރަން ދަތި ކަމަށާއި ނަމަވެސް އެކަމާ އުފާކުރާ ކަމުގައި އޭނާ ވަނީ ފާހަގަކޮށްފައެވެ.
ލައިފް ސްޓައިލް
ލައިފް ސްޓައިލް
ލައިފް ސްޓައިލް
ލައިފް ސްޓައިލް