ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓު (ވީއައިއޭ) އިން އެއާ ޓްރެފިކް ރެކޯޑެއް މުގުރާލައިފިއެވެ.

ވީއައިއޭ ހިންގާ މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ ލިމިޓެޑް (އެމްއޭސީއެލް) އިން ބުނީ އިއްޔެއަކީ ރެކޯޑް އަދަދަކަށް އެއާ ޓްރެފިކް މޫވްމަންޓް ރެކޯޑް ކުރެވިފައިވާ ދުވަހެއް ކަމަށެވެ.

އެގޮތުން އިއްޔެ އެކަނިވެސް 233 ބޯޓު، ވީއައިއޭގެ ރަންވޭ ބޭނުންކޮށްފައިވާ ކަމަށާއި 593 ސީޕްލޭން މޫވަމަންޓްސް ރެކޯޑް ކުރެވިފައިވާ ކަމަށް އެމްއޭސީއެލުން ބުންޏެވެ.

މި ދުވަސްވަރަކީ ފަތުރުވެރިކަމުގެ ޕީކް ސީޒަނަށް ވުމުން ގިނަ އަދަދެއްގެ ފަތުރުވެރިން ކޮންމެ ދުވަހު ރާއްޖެ އާދެއެވެ. އެގޮތުން މިދިޔަ މަހު ވަނީ 130،000 އަށްވުރެ ގިނަ ފަތުރުވެރިން ރާއްޖެ އައިސްފައިވެއެވެ.