ބޮލީވުޑް ތަރި ޖޯން އަބްރަހަމް ކޮވިޑަށް ޕޮޒިޓިވް ވެއްޖެއެވެ.
ޖޯން ކޮވިޑަށް ޕޮޒިޓިވް ވި ކަން އޭނާ ވަނީ މީސް މީޑިއާގައި ކަށަވަރުކޮށްދީފައެވެ.
އިންސްޓަގުރާމްގައި ކުރި ޕޯސްޓެއްގައި ޖޯން ބުނެފައިވަނީ އަންހެނުން ޕްރިޔާ އާ ދެމީހުން ކޮވިޑަށް ޕޮޒިޓިވް ވެފައިވާ ކަމަށާއި އެ ދެމަފިރިން މީގެ 3 ދުވަސް ކުރިން ކޮވިޑަށް ޕޮޒިޓިވް މީހަކާ ބައްދަލު ވެފައިވާ ކަމަށެވެ. ޖޯން އާއި ޕްރިޔާގެ ހާލުވެސް ރަނގަޅު ކަމަށާއި ދެމީހުންވެސް ތިބީ ވެކްސިން ފުރިހަމަކޮށްފައި ކަމަށާއި، ފެންނަނީ އާދައިގެ އަލާމާތްތައް ކަމަށެވެ. އެ ދެމީހުން މިވަގުތު ތިބީ ގޭގައި ކަރަންޓީން ވެގެން ކަމުގައި އެ ޕޯސްޓުގައި ޖޯން ވަނީ ބުނެފައެވެ.
އޮމިކްރޯންގެ ސަބަބުން ދުނިޔޭގެ އެކި ހިސާބުތަކުގައި ކޮވިޑުގެ އަދަދުތައް މަތިވަމުން ދާއިރު އިންޑިއާގައިވެސް ކޮވިޑް ޖެހޭ މީހުންގެ އަދަދުތައް ވަނީ މަތިވާން ފަށާފައެވެ. އޭގެ ތެރޭގައި އިންޑިއާގެ ބޮލީވުޑް ތަރިންގެ ތެރެއިން ގިނަ ބަޔަކު އަނެއްވެސް ކޮވިޑަށް ޕޮޒިޓިވް ވަމުންދާ ކަން އަންނަނީ ރިޕޯޓުކުރަމުންނެވެ. މި ފަހަކަށް އައިސް ކޮވިޑަށް ޕޮޒިޓިވް ވި ތަރިންގެ ތެރޭގައި ކަރީނާ ކަޕޫރު ހާން، އަމްރިތާ އަރޯރާ، ޝަނާޔާ ކަޕޫރު އަދި އަރްޖުން ކަޕޫރު ފަދަ ތަރިން ހިމެނެއެވެ.
ޖޯންގެ ކުރިއަށް ހުރި މަސައްކަތްތަކަށް ބަލާއިރު ރާކުލް ޕްރީތު ސިންގް އަދި ޖެކޮލިން ފެނާންޑެޒް އާއެކު ފެނިގެންދާ ފިލްމު ''އެޓޭކް'' މިމަހުގެ 28 ވަނަ ދުވަހު ރިލީސްކުރަން ވަނީ ހަމަޖެހިފައެވެ. އޭގެ އިތުރުން ކުރިއަށް ހުރި މަސައްކަތްތަކަށް ބަލާއިރު ފިލްމު ''ޕަތަން'' ގައި ދީޕިކާ ޕަދުކޯން އަދި ޝާހްރުކް ހާން އާއެކު ޖޯން އަބްރަހަމް ފެނިގެން ދާނެއެވެ.
މުނިފޫހިފިލުވުން
މުނިފޫހިފިލުވުން
މުނިފޫހިފިލުވުން
މުނިފޫހިފިލުވުން