ބޯވަ ނަގަން މޫދަށް ފައިބައިގެން އުޅެނިކޮށް ގެއްލުނު ހދ. ކުމުންދޫ، އަރާއިރު، ޝުރޭހު ހަސަން ހޯދުމަށް 69.3 އަކަމީޓަރުގެ ސަރަހައްދެއް ބަލައިފިއެވެ.
ޝުރޭހު ގެއްލިގެން އެމްއެންޑީއެފަށް ރިޕޯޓް ކޮށްފައިވަނީ ހުކުރު ދުވަހުގެ ހެނދުނު 8:58 ހާއިރެވެ.
އެމްއެންޑީއެފް އިން މިއަދު ބުނީ ގުޅީފަޅުގެ ހުޅަނގުދެކުނު ކަންމަތީގައި ބޯވަ ހިފަން އުޅެނިކޮށް އޭނާ އޮޔާ ދަމައިގަތީ ވާދޫ ކަނޑުތެރެއަށް ހުޅަނގަށްވާ ގޮތަށް ކަމަށް އެނގިފައިވާ ކަމަށާއި ގެއްލުނު ވަގުތު އޭނާ ލައިގެންހުރީ އަޅިކުލައިގެ ޓީޝާޓަކާއި ކަޅުކުލައިގެ ސޯޓެއް ކަމަށެވެ.
ޝުހޭރު ހޯދުމުގެ މަސައްކަތް ހާބާ ކްރާފްޓް ލޯންޗަކާއި ފާސްޓް އިންޓަސެޕްޓާ ކްރާފްޓެއް ބޭނުންކޮށްގެން މިހާރުވެސް ކުރަމުން އަންނަ ކަމަށެވެ. އެގޮތުން މިހާތަނަށް ބޮލިފުށި، ގުޅިފަޅު އަދި ވިލިނގިލި ހުޅަނގު ކަނުން ފެށިގެން ގޮސް ގިރާވަރުގެ އުތުރު ކަނާ ހިސާބަށް ގިރާވަރު ކަނޑުގެ 69.3 ސްކުއާ ނޯޓިކަލް މޭލުގެ ސަރަހައްދެއް ބަލާފައިވާ ކަމަށްވެސް އެމްއެންޑީއެފުން ބުންޏެވެ.
ޝުރޭހު ބޯވަ ނަގަން ދިޔައީ އޭނާގެ އިތުރު ދެ ރަހުމަތްތެރިޔަކާ އެކުގައެވެ. ޝުހޭރު ގެއްލުމުގައި އޭނާއާ އެކު ބޯވަ ނަަގަން ދިޔަ ދެ މީހުންގެ އަތެއްވާކަމަށް ޝުރޭހުގެ އާއިލާއިން ތުހުމަތު ކުރެއެވެ.
ޚަބަރު
ޚަބަރު
ޚަބަރު