އިއާދަކުރަނިވި ހަކަތަ ބޭނުންކޮށްގެން ކަރަންޓު އުފައްދާ މިންވަރު އިތުރުކުރުމަށް ރ. ދުވާފަރުގެ އެމްޑަބްލިޔުއެސްސީ އޮޕަރޭޝަން ސެންޓަރުގައި 35 ކިލޯވޯޓް ޕީކްގެ ސޯލާ ޕަވާ ސިސްޓަމެއް ހަރުކޮށްފިއެވެ.
އެމްޑަބްލިއުއެސްސީން މިއަދު ބުނީ އިތުރު ސޯލާ ސިސްޓަމެއް ބަހައްޓާފައިވަނީ އެ ކުންފުނިން ދެމުންގެންދާ ހިދުމަތްތައް ހަރުދަނާކޮށް ތިމާވެއްޓާ ރައްޓެހި ގޮތެއްގައި ހިދުމަތްތައް ދިނުމަށް ކަމަށެވެ.
މީގެ ކުރިންވެސް ދުވާފަރުގައި 48 ކިލޯ ވޯޓުގެ ސޯލާ ޕަވާ ސިސްޓަމެއް ހަރުކޮށްފައިވާއިރު، އަލަށް ހަރުކުރެވުނު މި ސޯލާ ޕަވާ ސިސްޓަމާއެކު ދުވާފަރުގައި އިޔާދަ ކުރަނިވި ހަކަތައިން ކަރަންޓު އުފައްދާ މިންވަރު 83 ކިލޯ ވޯޓަށް އިތުރުވެގެންދާނެ ކަމަށް އެމްޑަބްލިޔުއެސްސީން ވަނީ ބުނެފައެވެ.
ފެން ކުންފުނިން ބުނީ 2012 ވަނަ އަހަރުން ފެށިގެން އެ ކުންފުނީގެ އޮޕަރޭޝަންތަކުގައި ހަކަތަ ބޭނުންކުރުމުގައި ތިމާވެއްޓާ ރައްޓެހި ގޮތްތައް ހޯދައި، ތެލަށް ބަރޯސާވާ މިންވަރު ދަށް ކުރުމަށް ކުރާ މަސައްކަތުގެ ދަށުން މާލެ، ހުޅުމާލެ، މާފުށީގެ އިތުރުން ދުވާފަރުގައި ހުންނަ އެ ކުންފުނީގެ އެކި އެކި އޮޕަރޭޝަން ސެންޓަރުތަކުގައި އިޔާދަ ކުރަނިވި ހަކަތައިން އުފައްދާ ކަރަންޓު ބޭނުން ކުރަމުންދާ ކަމަށެވެ.
އެގޮތުން ޖުމުލަ 578 ކިލޯ ވޯޓުގެ އިޔާދަ ކުރަނިވި ހަކަތަ އުފެއްދުމުގެ ގާބިލުކަން އެ ކުންފުންޏަށް ލިބިފައިވާ ކަމަށް އެމްޑަބްލިއުއެސްސީން ބުންޏެވެ.
ޚަބަރު
ޚަބަރު
ޚަބަރު
ޚަބަރު