ހއ. މުރައިދޫ ބަނދަރު އަޕްގްރޭޑު ކުރުމުގެ އަމަލީ މަސައްކަތް ފަށަން އެމްޓީސީސީން ތައްޔާރުވެއްޖެ އެވެ.
އެމްޓީސީސީން ބުނީ މުރައިދޫ ބަނދަރު އަަޕްގްރޭޑު ކުރުމުގެ މަސައްކަތް ފެށުމަށް ބޭނުންވާ ސައިޓު އިއްޔެ މޮބިލައިޒް ކޮށްފައިވާ ކަމަސެވެ.
މި މަޝްރޫއުގެ ދަށުން 212 މީޓަރު ސަރަހައްދެއްގައި އެލް ސެކްޝަން ކުއޭ ވޯލް ހެދުމާއި 105 މީޓަރުގެ ސަރަހއްދަެއްގައި ރިވެޓްމަންޓު ޖެހުމާއި، 50 މީޓަރުގެ ސަރަހައްދެއްގައި ގްރޯއިންސް އަދި 514 މީޓަރު ސަރަހައްދެއްގައި ބްރޭކްވޯޓާ ހެދުން ހިމެނޭ ކަމަށް އެމްޓީސީސީން ބުންޏެވެ.
ހައުސިން އެންޑް ޕްލޭނިން މިނިސްޓްރީން އެމްޓިސީސީ އާއި މި މަޝްރޫއު ހަވާލު ކޮށްފައިވަނީ 33.72 މިލިއަން ރުފިޔާ އަށެވެ.
ޚަބަރު
ޚަބަރު
ޚަބަރު