ނ. ވެލިދޫ ދޯނި އެހެލާ ސަރަހައްދު ހެދުމުގެ މަސައްކަތް ފަށަން ތައްޔާރުވެއްޖެއެވެ.
އެމްޓީސީސީން މިއަދު ބުނީ މި ވެލިދޫ ދޯނި އެހެލާ ސަރަހައްދު ހެދުމުގެ މަޝްރޫއުގެ އަމަލީ މަސައްކަތް ފެށުމަށްޓަކައި ޕްރޮޖެކްޓް ސައިޓް މޮބިލައިޒްކޮށްފައިވާ ކަމަށެވެ.
އެމްޓީސީސީއާ ހަވާލުކޮށްގެން ކުރިއަށްގެންދާ މި މަޝްރޫއަކީ 25.18 މިލިޔަން ރުފިޔާގެ މަޝްރޫއެކެވެ.
މިމަޝްރޫއުގެ ދަށުން ބިން ހިއްކުމާއި ރިވެޓްމަންޓް ޖެހުމާއި އަދި ބޭރުތޮށިލުމުގެ މަސައްކަތް ކުރާނެއެވެ. މަޝްރޫއު ނިންމުމަށް ހަމަޖައްސާފައިވަނީ 280 ދުވަހުގެ ތެރޭގައެވެ.
މިވަގުތު ރާއްޖޭގެ އެކި ކަންކޮޅުތަކުގައި އެމްޓީސީސީގެ 64 މަޝްރޫއެއްގެ މަސައްކަތް އަންނަނީ ކުރަމުންނެވެ. މިއަހަރުގެ މިހާތަނަށް އެމްޓީސީސީން ވަނީ 22 މަޝްރޫއެއްގެ މަސައްކަތް ނިންމާފައެވެ.
ޚަބަރު
ޚަބަރު
ޚަބަރު
ޚަބަރު