ޚަބަރު

މަނަދޫގައި ޓޫރިސްޓް ހޮޓަލެއް ހަދަން ބަޔަކާ ހަވާލުކޮށްފި

ނ. މަނަދޫގައި ޓޫރިސްޓް ހޮޓަލެއް ތަރައްގީކުރަން ބަޔަކާ ހަވާލުކޮށްފިއެވެ.

މަނަދޫގައި ފަތުރުވެރިކަން ތަރައްގީކުރުމަށް ކަނޑައަޅާފައިވާ 132,000 އަކަފޫޓުގެ ބިމުގައި ޓޫރިސްޓް ހޮޓަލެއް ތަރައްގީކުރަން ދެފަހަރަކު ހުޅުވާލިއެވެ. އެކަމަށް އެންމެ ފުރަތަމަ ހުޅުވާލީ މިއަހަރުގެ ފެބްރުއަރީ މަހުގެ ތެރޭގައެވެ. ނަމަވެސް އެކަމަށް ތަރުހީބު ނުލިބުމުން މާޗު މަހުގެ ތެރޭގައި އަލުން ހުޅުވާލިއެވެ.

ޓޫރިޒަމް މިނިސްޓްރީން ބުނީ, އެ މަސައްކަތް ހަވާލުކޮށްފައި ވަނީ ސްޓޯން ހޮޓެލްސް މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑާ ކަމަށެވެ.

އެކަމުގެ އެއްބަސްވުމުގައި ޓޫރިޒަމް މިނިސްޓްރީގެ ފަރާތުން ސޮއިކުރެއްވީ ޕާމަނަންޓް ސެކްރެޓަރީ ފާތިމަތު ނިލްފާ އެވެ. ސްޓޯން ހޮޓެލްސްގެ ފަރާތުން ސޮއިކުރެއްވީ އެ ކުންފުނީގެ ޑިރެކްޓަރު އައްބާސް މުހައްމަދެވެ.

ސޮއިކުރުމަށް ބޭއްވި ރަސްމިއްޔާތުގައި ޓޫރިޒަމް މިނިސްޓަރު އަބްދުالله މައުސޫމާއި ރައްޔިތުންގެ މަޖިލީހުގެ މަނަދޫ ދާއިރާގެ މެންބަރު އަހުމަދު ހާރޫން ބައިވެރިވެ ވަޑައިގެންނެވިއެވެ.

ޓޫރިޒަމް މިނިސްޓްރީން ބުނީ, މަދުވެގެން 50 ކޮޓަރި ހިމެނެ ގޮތަށް ހަދާ އެ ހޮޓާ, 2024 ވަނަ އަހަރުގެ ޖުލައިގެ ކުރިން ހުޅުވޭނެ ކަމަށް ބެލެވޭ ކަމަށެވެ.