920 މިލިޔަން ރުފިޔާގެ ޕްރޮޖެކްޓެއްގެ ދަށުން 23 ރަށެއްގައި ފެނާއި ނަރުދަމާގެ ނިޒާމު ގާއިމު ކުރުމަށް މިއަދު ހަވާލު ކޮށްފިއެވެ.
ޕްލޭނިން މިނިސްޓްރީން ބުނީ މިއީ މިހާތަނަށް ފެނާއި ނަރުދަމާގެ ނިޒާމު ގާއިމު ނުކުރެވި އޮތް 23 ރަށް ކަމަށެވެ.
މި މަޝްރޫއާ އެކު، މީހުން ދިއިރުޅޭ ހުރިހާ ރަށެއްގައި ފެނާއި ނަރުދަމާގެ ނިޒާމު ގާއިމު ކޮށްދެއްވުމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު ވެ ވަޑައިގެންނެވި ވައުދުފުޅުގެ ދަށުން މިހާތަނަށް އެ މަސައްކަތްތައް ނުފެށި ހުރި ހުރިހާ ރަށެއްގައި މަސައްކަތް ފެށިގެން ދާނެ ކަމަށް ވެސް ޕްލޭނިން މިނިސްޓްރީން ބުންޏެވެ.
- ށ. ބިލެތްފަހި،
- ށ. ނޫމަރާ
- ނ. މަގޫދޫ
- ބ. ކިހާދޫ
- ބ. ދޮންފަނު
- ބ. ފެހެންދޫ
- ބ. ކުޑަރިކިލު
- ބ. ފުޅަދޫ
- ވ. ރަކީދޫ
- ގއ. ދެއްވަދޫ
- އދ. ދިއްދޫ
- ގދ. ނަޑެއްލާ
- ލ. ކުނަހަންދޫ
- ލ. ހިތަދޫ
- މ. ނާލާފުށި
- މ. ރަތްމަންދޫ
- ނ. މިލަދޫ
- ނ. ލަންދޫ
- އދ. ފެންފުށި
- ތ. ދިޔަމިގިލި
- ތ. މަޑިފުށި
- ތ. އޮމަދޫ
- ކ. ތުލުސްދޫ
މި މަސައްކަތްތައް ކުންފުނިތަކާ ހަވާލު ކުރުމަށް ސްޓެލްކޯގައި މިއަދު ބޭއްވި ރަސްމިއްޔާތުގައި ޕްލޭނިން މިނިސްޓްރީގެ ފަރާތުން އެއްބަސްވުންތަކުގައި ސޮއި ކުރެއްވީ، އެ މިނިސްޓްރީގެ ޑިރެކްޓާ ޖެނެރަލް ފާތުމަދު ޝާނާ ފާރޫގެވެ.
އެ ޕްރޮޖެކްތްގެ ދަށުން ށ. ބިލެތްފަހި، ނޫމަރާ، ނ. މިލަދޫ މަގޫދޫ، ލަންދޫ ބ. ކުޑަރިކިލު، ކިހާދޫ، ދޮންފަނު، ފެހެންދޫ، ފުޅަދޫ، މ. ނާލާފުށި، ރަތްމަންދޫ، ތ. ދިޔަމިގިލި، މަޑިފުށި، ލ. ކުނަހަންދޫ އދ. ފެންފުށީގެ މަސައްކަން ހަވާލު ކޮށްފައި ވަނީ ފެނަކަ ކޯޕަރޭޝަންއާއެވެ.
އެއްބަސްވުމުގައި ފެނަކައިގެ ފަރާތުން ސޮއި ކުރެއްވީ އެ ކުންފުނީނގެމެނެޖިން ޑިރެކްޓަރު އަހުމަދު ސައީދެވެ.
ތުލުސްދޫގެ މަސައްކަތް ހަވާލު ކުރީ ސްޓެލްކޯއަށެވެ. އެއްބަސްވުމުގައި ސޮއިކުރެއްވީ ސްޓެލްކޯގެ މެނޭޖިން ޑިރެކްޓަރު ހަސަން މުގުނީ އެވެ.
މީގެ އިތުރުން އޮމަދޫ އާއި ހިތަދޫ އާއި ދެއްވަދޫގެ މަސައްކަތް ހަވާލު ކުރީ މަޓެކް މޯލްޑިވްސް އާއެވެ. އަދި ދިއްދޫ އާއި ނަޑެއްލާގެ މަސައްކަތް ހަވާލު ކުރީ ޑުޕްލެކްސް ޕްރައިވެޓް ލިމިޓެޑާ އެވެ. ރަކީދޫގެ މަސައްކަތް ހަވާލު ކުރީ ސާސްއީ ކޮންސްޓްރަކްޝަން އާއެވެ.
ޚަބަރު
ޚަބަރު
ޚަބަރު