ކ. ތިލަފުށީގައި މިއަދު ހިނގި ހާދިސާއެއްގައި އިމާރާތްކުރަމުން ދިޔަ ތަނެއްގެ މަތިން ވެއްޓި ބިދޭސީއަކު މަރުވެއްޖެއެވެ.

ފުލުހުންގެ މީޑިއާ އޮފިޝަލު ވަނީ އެކަން ކަށަވަރު ކޮށްދީފައެވެ.

އޭނާ ވިދާޅުވީ، އެ ކަމުގެ ރިޕޯޓު ފުލުހުންގެ އިދާރާއަށް ލިބުނީ މިއަދު ހެނދުނު 9:40 ހާއިރު ކަމަށެވެ. އަދި އެމީހާ އައިޖީއެމްއެޗް އަށް ގެންގޮސްފައިވާ ކަމަށްވެސް އޭނާ ވިދާޅުވިއެވެ.

ފުލުހުން ބުނީ މިކަމާ ގުޅިގެން ފުލުހުންގެ ފަރާތުން ބަލަން ޖެހޭ ކަންތައްތައް ބަލަމުން އަންނަ ކަމަށެވެ.

މައުލޫމާތު ލިބިފައިވާ ގޮތުގައި މި ހާދިސާގައި މަރުވެފައި ވަނީ އުމުން 38 އަހަރުގެ ބަންގްލަދޭޝް ފިރިހެނެކެވެ.

އައިޖީއެމްއެޗްގެ މީޑިއާ އޮފިޝަލު "ވަން" އަށް ވިދާޅުވީ އެމީހާ އައިޖީއެމްއެޗަށް ގެންދިޔައީ މިއަދު ގެންދުނު 9:53 އެހައިކަންހާއިރު ކަމަށެވެ. ހޮސްޕިޓަލަށް ގެންދިޔައިރުވެސް އޭނާ މަރުވެފައިވާ ކަމަށްވެސް އޮފިޝަލް ވިދާޅުވިއެވެ.