ދައުލަތަށް ދިގު މުއްދަތަކަށް ހިދުމަކޮށްދެއްވި 106 ބޭފުޅެއްގެ އަގުވަޒަންކޮށް، އެބޭފުޅުންނަށް އިނާމު ދީފިއެވެ.
ދައުލަތަށް ދިގު މުއްދަތަކަށް ހިދުމަތް ކުރުމުގެ އިނާމަށް ނަން ހުށަހެޅި ބޭފުޅުންގެ އަދަދު ގިނަ ކަމުން އިނާމު ދިނުމަށް ހަމަޖައްސާފައި އޮތީ ގައުމީ ފެންވަރުގައި ބާއްވާ ދެ ޖަލްސާއެއްގައެވެ. އެގޮތުން މިދިޔަ މަހު ބޭއްވި ޖުމްހޫރީ ދުވަހުގެ ޖަލްސާގައިވަނީ 117 ބޭފުޅަކަށް ދައުލަތަށް ހިދުމަތްކުރުމުގެ އިނާމު ހަވާލުކޮށްފައެވެ.
މިރޭ ބޭއްވި ގައުމީ އެއްބައިވަންތަކަމުގެ ދުވަހުގެ ޖަލްސާގައި ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު ވަނީ ދައުލަތަށް ހިދުމަތް ކުރުމުގެ އިނާމު ނުދެވި ބާކީ ތިބި 106 ބޭފުޅުންނަށް އިނާމު ދެއްވައިފައެވެ. އޭގެ ތެރެއިން 26 ބޭފުޅުންނަކީ އަންހެނުންނެވެ.
ދައުލަތަށް ހިދުމަތްކުރުމުގެ އިނާމު ލިބުނު ބޭފުޅުންނަށް ރައީސް ވަނީ، ޝަރަފުގެ ބެޖާއި ޝަރަފުގެ އައްޑަނައާއި ހަނދާނީ ލިޔުން ހަވާލުކޮށްދެއްވައިފައެވެ. ޝަރަފުގެ ބެޖަކީ ރަސްމީ ޖަލްސާތަކުގައްޔާއި އެނޫންވެސް ހަރަކާތްތަކުގައި ބޭނުން ކުރެވޭނެ ބެޖެކެވެ.
މިއަހަރުވެސް ދައުލަތަށް ހިދުމަތްކުރުމުގެ އިނާމު ދީފައިވަނީ މައިގަނޑު 33 ދާއިރާއަކުންނެވެ. ދައުލަތަށް ހިދުމަތްކުރުމުގެ އިނާމަކީ ސަރުކާރަށް ގިނަ ދުވަހު މަސައްކަތްކޮށްދެއްވާފައިވާ ބޭފުޅުންގެ އަގު ވަޒަންކުރުމަށް ދޭ އިނާމެކެވެ.
ޚަބަރު
ޚަބަރު
ޚަބަރު
ޚަބަރު