ސްޓެލްކޯގެ ޗެއާމަން މުހައްމަދު ރަޝީދު އަވަހާރަވެއްޖެއެވެ.
"ވަން" އަށް އެނގިފައިވާ ގޮތުގައި ރަޝީދު، 70އ. އަވަހާރަވީ އޭޑީކޭގައި ފަރުވާ ހޯއްދަވަމުން ގެންދަވަނިކޮށް މިއަދުގެ ވަގުތެއްގައެވެ.
ފެބްރުއަރީ 12، 2019ގައި ސްޓެލްކޯގެ ޗެއާމަނަކަށް އައްޔަން ކުރެއްވި ރަޝީދު ވަނީ އެކުންފުންޏަށް 50 އަހަރަށްވުރެ ގިނަ ދުވަހު ހިދުމަތް ކުރައްވައިފައެވެ.
އެގޮތުން ސްޓެލްކޯއާ އޭނާ އެންމެ ފުރަތަމަ ގުޅިވަޑައިގެންނެވީ 1971 ވަނަ އަހަރު އެޕްރެންޓިސްޝިޕެއްގަ އެވެ. އޭގެ ފަހުން އިންޖިނިއަރެއްގެ މަގާމާއި ޑެޕިއުޓީ ޑިރެކްޓަރު މެނޭޖީރިއަލްގެ އިތުރުން އެގްޒެކެޓިވް ޑިރެކްޓަރުގެ މަގާމު އަދި އެސިސްޓެންޓް މެނޭޖިން ޑިރެކްޓަރުގެ މަގާމު އަދާކުރެއްވިއެވެ.
އޭގެ އިތުރުން ސްޓެލްކޯގެ ޑެޕިއުޓީ މެނޭޖިން ޑިރެކްޓަރުގެ މަގާމާއި އެކުންފުނީގެ ސީއީއޯގެ މަގާމުވެސް ފުރުއްވާފައިވެއެވެ.
ޚަބަރު
ޚަބަރު
ޚަބަރު
ޚަބަރު