ރާއްޖޭގެ ރިސޯޓެއްގައި ބިދޭސީ ދެ ފިރިހެނެއްގެ "ކައިވެނިކޮށްދިން" މައްސަލަ ތަހުގީގުކުރަމުން އަންނަ ކަމަށް ފުލުހުން ބުނެފިއެވެ.
ކައިވެނީގެ ރަސްމިއްޔާތެއްގެ ގޮތަށް އިންތިޒާމުކޮށް ރިސޯޓެއްގެ ބީޗުގައި ބޭއްވި ހަފްލާގެ މަންޒަރުތައް ސޯޝަލް މީީޑިއާގައި އާންމުވެ ފާޑުކިޔުން ވަނީ ވަރަށް ބޮޑަށް އަމާޒުވެފައެވެ.
ފުލުހުން މިއަދު ނެރުނު ބަޔާނެއްގައި ބުނީ މިއީ ގާނޫނީ ގޮތުން ހުއްދަ ނޫން އަމަލެއް ކަމަށާއި އެހެންވެ އެ މައްސަލަ ތަހުގީގުކުރަމުން އަންނަ ކަމަށެވެ.
ދިވެހި ދައުލަތުގެ ދީނަކީ އިސްލާމްދީން ކަމުގައި ވެފައި، ދީނީ އަދި ޝަރުއީ އުސޫލުތަކާއި، ދިވެހިރާއްޖޭގެ ގާނޫނުތަކާއި، އާންމު އިޖުތިމާއީ އަދި އަހުލާގީ މިންގަނޑުތަކާ ހިލާފު މިފަދަ އަމަލުތައް އެއްވެސް ފަރާތަކުން ނުހިންގުމަށާއި، ރިސޯޓްތަކާއި ގެސްޓްހައުސް އަދި އެހެނިހެން ވަޒީފާތަކުގައި އުޅޭ ބިދޭސީ މުވައްޒަފުން ވެސް މިދިޔަ އަމަލެއް ހިންގިޔަނުދިނުމަށް އެންމެހާ ފަރާތްތަކަށް އިލްތިމާސްކުރަމެވެ.
ފުލުހުން ބުނީ މިފަދަ އަމަލުތައް ހިންގާ ފަރާތްތަކާ މެދު ގާނޫނީ ފިޔަވަޅު އަޅާނެ ކަމަށެވެ.
ރާއްޖޭގެ ރިސޯޓްތަކުގައި ޓޫރިސްޓުންގެ ރަމްޒީ ކައިވެނި ހަފްލާތައް ބޭއްވުމަކީ އާންމު ކަމެކެވެ.
ޕޮލިސް
ޕޮލިސް
ޕޮލިސް
ކޮމެންޓް