ފުލުހުން ބަލަމުން އަންނަ މަކަރާއި ހީލަތުން އޮޅުވާލައިގެން ފައިސާ ހޯދި މައްސަލައިގައި ތުހުމަތު ކުރެވޭ ސުކޭޝް ޗަންދުރަޝޭކަރު ވަނީ ބޮލީވުޑް ބަތަލާއިން ކަމަށްވާ ޖެކޮލިން ފެނާންޑެސް އަދި ނޯރާ ފަތެހީއަށް އަގުހުރި އެތައް ހަދިޔާތަކެއް ދީފައެވެ.
ފުލުހުންގެ އެންފޯސްމަންޓު ޑިރެކްޓޮރޭޓު - އީޑީ އިން ވަނީ މި މައްސަލަ ތަހުގީގުކުރުމުގެ ތެރެއިން ސުކޭޝް މިދިޔަ އަހަރުގެ ޑިސެމްބަރު މަހުން ފެށިގެން މި އަހަރުގެ އޯގަސްޓް މަހާ ދެމެދު ޖެކޮލިން އަށް 10 ކުރޯރު އިންޑިއާ ރުޕީސްގެ އަގުހުރި ހަދިޔާ ދީފައިވާ ކަމަށް ބުނެފަ އެވެ. މިމައްސަލައާ ގުޅިގެން ޖެކޮލިން އީޑީ އޮފީހަށް ހާޒިރުކޮށް ތަހުގީގަށް ބޭނުންވާ ބަޔާންތައް ނަގާފައިވާއިރު ބަތަލާ ނޯރާ އަށް ވެސް އަދި ސަލާމަތެއް ނެތެވެ.
ނޯރާއަށް ސުކޭޝް ހަދިޔާ ކުރި ތަކެތީގެ ތެރޭގައި ހިމެނޭ ބީއެމްޑަބްލިއު ކާރު އަނބުރާ ގެންދިއުމަށް ނޯރާ ތަހުގީގުގައި އެދިފައިވާއިރު ސުކޭޝް އަކީ ކުށްވެރިއެއް ކަން ކުރީން އެނގިފައި ނުވާ ކަމަށް ނޯރާ ވަނީ ބުނެފައެވެ. ޖެކޮލިންގެ ބަޔާނުގައިވެސް މިހެން ބުނެފައިވާއިރު އޭނާއަށް ހަދިޔާ ކުރި ހުރިހާ ތަކެއްޗެއް އީޑީ އިން އަނބުރާ ގެންދިއުމުގައި މައްސަލައެއް ނެތް ކަމުގައި ނޯރާ ވަނީ ބުނެފައެވެ.
މި ދެ ތަރީންނަށް ހަދިޔާ ގަތުމަށް ސުކޭޝް ހަރަދުކޮށްފައިވަނީ ނުހައްގުން ހޯދާފައިވާ ކަޅު ފައިސާ ކަމަށް ތުހުމަތު ކުރެވޭއިރު އެހުރިހާ ތަކެއްޗެއް އަނބުރާ ހޯދުމުގެ އަމުރެއް ވަރަށް އަވަހަށް ނެރެން ހަމަޖެހިފައިވާ ކަމުގައި ހަބަރުތައް ބުނެއެވެ. މިހާރުވެސް މިމައްސަލައާ ގުޅުން ހުރި އިތުރު 7 މީހަކު ހައްޔަރުކުރެވި މައްސަލަ ތަހުގީގުކުރަމުން އަންނަ ކަމަށާއި އެފަރާތްތަކުގެ ބަޔާންތައް ނެގުމުގެ މަސައްކަތްކުރަމުން އަންނަ ކަމަށް ވެސް ހަބަރުތައް ބުނެއެވެ.
ޖެކޮލިން އަދި ނޯރާ މި މައްސަލައިގައި ހެކިންގެ ގޮތުގައި ބެލެވިފައިވާއިރު އެމީހުންނަށް މިމައްސަލައިގައި ތުހުމަތު ކުރެވިފައި ނުވަނީ ސުކޭޝް އަކީ ކުށްވެރިއެއް ކަމުގެ މައުލޫމާތު މީގެ ކުރިން އެނގިފައި ނުވާތީ ކަމަށް ވެސް ހަބަރުތައް ބުނެއެވެ.
މުނިފޫހިފިލުވުން
މުނިފޫހިފިލުވުން
މުނިފޫހިފިލުވުން
މުނިފޫހިފިލުވުން