ސިވިލް ކޯޓުގެ ގާޒީ އާދަމް އިބްރާހީމް އިސްމާއީލް ފަރުވާ ކުޑަކުރިކަމުގެ މައްސަލައެއް ޖުޑިޝަލް ސާވިސް ކޮމިޝަން (ޖޭއެެސްސީ)ން ބަލަން ނިންމައިފިއެވެ.
ޖޭއެސްސީން މިއަދު ބުނީ އެ މައްސަލައަކީ ފަނޑިޔާރުގެ މަސްއޫލިއްޔަތު އަދާކުރުމުގައި ގާޒީ ފަރުވާކުޑަކޮށްފައިވާކަމަށް ފާހަގަކުރެވޭ ސުލޫކީ މައްސަލައެއް ކަމަށެވެ.
އެ މައްސަލަ ސުލޫކީ މައްސަލައެއް ގޮތުގައި ތަހުގީގު ކުރަން ކޮމިޝަނުން ނިންމައި މައްސަލަ ތަހުގީގު ކުރުމަށް ތަހުގީގު ކޮމިޓީއެއް އެކުލަވާލާފައިވާ ކަމަށްވެސް ޖޭއެސްސީން ބުނެފައިވެއެވެ.
ނަމަވެސް އެކަމުގެ އިތުރު ތަފްސީލެއް ޖޭއެސްސީން ހާމަ ކޮށްފައެއް ނުވެއެވެ.
ޖުޑީޝަލް ސާވިސް ކޮމިޝަން
ޖުޑީޝަލް ސާވިސް ކޮމިޝަން
ޖުޑީޝަލް ސާވިސް ކޮމިޝަން
ޖުޑީޝަލް ސާވިސް ކޮމިޝަން