އެމްޓީސީސީއަށް ދިގު މުއްދަތަކަށް ހިދުމަތް ކޮށްދީފައިވާ މުވައްޒަފުންގެ އަގުވަޒަންކޮށް އެވޯޑް ދީފިއެވެ.

އެމްޓީސީސީން މިރޭ ބޭއްވި އެކުންފުނީގެ 41 ވަނަ އަހަރީ ދުވަހުގެ ޖަލްސާގައި އެކުންފުންޏަށް ދިގު މުއްދަތަކަށް ހިދުމަތް ކޮށްދީފައިވާ މުވައްޒަފުންނަށް ހަނދާނީ ފިލާ ހަވާލުކޮށްދެއްވީ ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހެވެ.

  • ސީނިއާ ޓެކްނިކަލް މެނޭޖަރު އަހުމަދު އިގްބާލް (30 އަހަރަށް ވުރެ ގިނަ ދުވަހު ހިދުމަތުގައި)
  • ސީނިއާ ސުޕަވައިޒަރު ހުސައިން މުހައްމަދު (30 އަހަރަށް ވުރެ ގިނަ ދުވަހު ހިދުމަތުގައި)
  • ސީނިއާ އިންޖިނިއާ މުހައްމަދު ސާޖިދު (35 އަހަރަށް ވުރެ ގިނަ ދުވަހު ހިދުމަތުގައި)
  • ޑޮކް މާސްޓާ މުހައްމަދު ސިނާން (35 އަހަރަށް ވުރެ ގިނަ ދުވަހު ހިދުމަތުގައި)
  • އޮޕަރޭޝަންސް އޮފިޝަރު މުހައްމަދު ސަމީން (35 އަހަރަށް ވުރެ ގިނަ ދުވަހު ހިދުމަތުގައި)
  • ސީނިއާ ސާވިސް އިންޖިނިއާ އަބްދުލް ލަތީފް އަހުމަދު (40 އަހަރަށް ވުރެ ގިނަ ދުވަހު ހިދުމަތުގައި)

މިރޭގެ ޖަލްސާގައި އެކުންފުނީގެ މުވައްޒަފުންގެ ތެރެއިން ސްކޮލާޝިޕް ލިބުނު މުވައްޒަފުންނަށް އެކަމުގެ ލިޔުން ވަނީ ހަވާލުކޮށްފައެވެ. މުވައްޒަފުންނަށް ސްކޮލާޝިޕް ލިޔުން ހަވާލުކޮށްދެއްވީ ނައިބު ރައީސް ފައިސަލް ނަސީމެވެ.

  • ބެޗްލާސް އޮފް އިންޖިނިއަރިން ސައިންސް މޭޖާ އިން އިންފްރާސްޓެކްޗާ މެނޭޖުމަންޓް - އަރީން އަލީ ޝަރީފް
  • ބެޗްލާސް އޮފް މެކޭނިކަލް އިންޖިނިއަރިން - ހުސައިން އަހުމަދު ސައީދު
  • ބެޗްލާސް އޮފް ސިވިލް އިންޖިނިއަރިން - އިއްޒު އަހުމަދު މޫސާ
  • ބެޗްލާސް އޮފް އިންޖިނިއަރިން އިން އިލެކްޓްރޯނިކްސް - މުހައްމަދު އާދަމް
  • ބެޗްލާސް ޑިގްރީ އިން ހިއުމަން ރިސޯސް މެނޭޖުމަންޓް - އައިޝަތު ނާއިފާ ނާޒިމް
  • ބެޗްލާސް ޑިގްރީ އިން ލޮޖިސްޓިކްސް އެންޑް ސަޕްލައި ޗެއިން މެނޭޖުމަންޓް - އާމިނަތު ނަފްއާ
  • މާސްޓާސް ޑިގްރީ އިން ހިއުމަން ރިސޯސް މެނޭޖުމަންޓް - އައިޝަތު ފައިހާ އަބްދުﷲ
  • މާސްޓާސް އިން ޓްރާންސްޕޯޓް އެންޑް މެނޭޖުމަންޓް - އަބްދުﷲ ފާރިޝް ހުސައިން
  • މާސްޓާސް އިން ޓްރާންސްޕޯޓް ޕްލޭނިން - އަބްދުﷲ ސިމާއު
  • މާސްޓާސް އިން ރޯޑް މެނޭޖުމަންޓް އެންޑް އިންޖިނިއަރިން - ހަސަން ހާޒިފް ޝާކިރު
  • މާސްޓާސް އިން ސްޓްރަކްޗަރަލް އިންޖިނިއަރިން - އަހުމަދު އިމާދު

މިރޭގެ ޖަލްސާގައި އެމްޓީސީސީގެ ސީއީއޯ އާދަމް އާޒިމް ވިދާޅުވީ އެކުންފުނީގެ ރައުސުލްމާލަކީ މުވައްޒަފުން ކަމަށާއި މުވައްޒަފުންގެ ކުރިއެރުމަށް އަބަދުވެސް މަސައްކަތް ކުރާނެ ކަމަށެވެ.